މިއީ އިންޑިއާގެ ކެރެލާގެ އަވަށެކެވެ. މި އަވަށަކީ އެއްމާބަނޑު ކުދިމް ގޮނަ އަަވަށެލެވެ. ކެރެލާގެ މަލައްޕުރަމް ޑިސްޓްރިކްޓްގެ ކޮޑިންހި އަވަށަކީ އިންޑިއާގައި އެންމެ ގިނަ އެއްމާބަނޑު ކުދިން ގިނަ އަވަށެވެ.
މި އަވަށުގައި މިހާގިނައިން އެއްމާބަނޑު ކުދިން އުޅޭތީ، މިކަން ހިނގާދިޔަ ގޮތް ސައިންސްވެރިންވެސް ދިރާސާތަކެއް ކުރިއެވެ. އެތައް ފަހަރަކު އެ މީހުން ކުރި ދިރާސާއިންވެސް މިކަމުގެ ހަގީގަތް ނުހޯދުނެވެ.
ކެރެލާގެ އެހެން އަވަށްތަކާއި ހިލާފަށް މި އަވަށުގެ މާބަޮޑު ތަފާތު ކަމެއް އަނެއްހެން ފެންނަން ނުހުރެއެވެ. ރުށްތަކާއި، ހޮހޮޅަތަކާއި، އަދި ހަނޑޫގަސްތަކުން އެ އަވަށުގައި ގިނައެެވެ. އެހެން ނަމަވެސް އެ އަވަށުގެ މަގުތަކުން ހިނގާލާފައި ދާއިރު، ފެންނަނީ އެއްކަހަލަ ކުދިންނެވެ.
މިއީ މުސްލިމުން ގިނަ އަވަށެކެވެ. 2000 މީހުންގެ ދިރިއުޅޭ މި އަވަށުގައި 400 މީހުންނަކީ އެއްމާބަޏޑު މީހުންނެވެ. އެ އަވަށުން އެއް ވައްތަރު ޖަހާ އެތައް ކުދިންނެއް ފެންނާނެއެވެ. ސްކޫލްތަކުންނާއި، މާރުކޭޓްތަކުންނެވެ. ގިނައީ ކުޑަކުދިންނެވެ.
މި އަވަށުގައި ދިރިއުޅޭ އެންމެ ދުވަސްވީ އެއްމާަނޑު ދެ މީހުންނަކީ އަބްދުލް ހަމީދް އާއި އޭނާގެ ދައްތަ ކުންހި ކާޑިއާއެވެ. އެ އަހަރު މަދުން ނަމަވެސް އެއްމާބަނޑު ކުދިން އެ އަވަށުގައި ވިހާފައިވެއެވެ.ނަމަވެސް ފަހުން އަދަދުތައް ގިނަވާން ފެށިއެވެ. އެގޮތުން 2008 ވަނަ އެ އަވަށަށް ވިހެއި ސިއްހަތު ރަނގަޅު 300 ކުދިންގެ ތެރެއިން 30 ކުދިންނަކީ އެއްމާބަނޑު ކުދިންނެވެ. އޭގެ އަހަރުތައް ފަހުން އެ އަދަދު 60 އަށް މަތިވިއެވެ.
އެއްމާބަނޑު ކުދިން އެ ލިބޭ މައިންބަފައިންނަކީވެސް ސިއްހީ މައްސަލައެއް އުޅޭ ބައެެއް ނޫނެވެ. އަދި ވިހެއުމަށްފަހުވެސް އެ މީހުންގެ ސިއްހަތު ރަނގަޅެވެ.
މިއީ މާތްﷲގެ ކުޅަދުންވަންތަކަން ކަމަށް އެ އަވަށުގެ ގިނަ މީހުން ގަބޫލު ކުރެއެވެ. ފާއިތުވެދިޔަ 50 އަހަރު ތެރޭގައި އެ އަވަށަށް 300 އަށްވުރެ ގިނަ އެއްބާނޑު ކުދިން ވިހާފައި ވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ އަވަށުގައި ހިނގާ އެ ކަންތައް ބެލުމަށް އެކި ގައުމުތަކުގެ އެކިއެކި ސައިންވެރިން އެ އަވަށަށް ގޮސް ދިރާސާތަކެއް ހަދާފައިވެއެވެ. އޭގެ ތެރޭގައި ބްރެސިލް ވިއެތްނާމް ފަދަ ގައުމުތަކަށް ނިސްބަތްވާ ސައިންވެރިންގެ ޓީމްތައް ހިމެނެއެވެ. އަދި
ލަންޑަން އާއި ޖަރުމަން ވިލާތުންވެސް ސައިންވެރިން އައިސް އެ އަވަަށުގައި ހިނގަމުންދާ ގޮތް ނޭނގޭ މިކަންތައް ބެލިއެވެ.
އެ މަސައްކަތުގެ ތެރެއިން ބައެއް ކުދިންގެ ކުޅުން ސުންކު ނަގައި، އިސްތަށިތައް ނަގައި ޑީއެންއޭ ހެދިއެވެ. އެހެން ނަމަވެސް މިހާތަނަށް އައިއިރުވެސް މިކަމުގެ ހަގީގަތް ދެނެގަނެވިފައެއް ނުވެއެވެ. އަދި ހޯދިފައެއްވެސް ނުވެއެވެ.
މާތްﷲގެ ކުޅަދުންވަންތަކަންދެއްތޯ ؟؟
މޯދީ ވަރަށްރުޅިވެސްއަންނާނެ އެހެންނަމަވެސް ..........
ތިޔަ ކަންތަކުގެ ޖަވާބަކަށް ދާއިރު ބުނާން ޖެހެއެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމެވެ. ދަރީން ދެއްވާ ފަރާތުގެ ނިންމެވުމެވެ.
ދިވެހި ކަންމަތީ ޖޯލި ސައިންސިސްޓުން ކީކޭ ބުނަނީ