ލޯބީގެ ގުޅުމަކީ ތަފާތު ގުޅުމެކެވެ. އެ ގުޅުން ހީނަރުވެ މައްސަލަ ޖެހެން ދިމާވާ ވަރަށް ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ. އެހެން ނަމަވެސް ދެމީހުން ވާހަކަދައްކައިގެން އެކަން ހައްލު ކުރުމަކީ އެންމެ ފަސޭހައިން ކަންކަން ހައްލު ކުރެވޭނެ އުކުޅެވެ. ތިމާ އާއި ތިމާއާ ލޯބީގެ ގޮތުން ގުޅިގެން ނުވަތަ ކައިވެނިކޮށްގެން އުޅޭ މީހާއާ ދެމެދުގައި މިފަދަ ކަންކަން ކުރިމަތިވާނަމަ ވިސްނާލުމަށްފަހު އަވަސް ފިޔަވަޅެއް އަޅާށެވެ.

ބައިވެރިޔާގެ އުޅުމަށް ބަދަލު އައުން

މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. ކައިވެންޏެއްކޮށްގެން އުޅޭނަމަ ވަކިން މިކަންތައް ފެނިދާނެއެވެ، މިކަން އާއްމުކޮށް ދިމާވާނި ދެ މީހުން ދެމެދުގައި ޖެހުނު މައްސަލައެއް ވާހަކަދެއްކުމެއް ނެތި ހައްލު ނުކޮށް ދިގުލައިގެން ދިޔުމެވެ. ކުރިން ތިމާއާއެކު ހީސަމާސާކޮށް ވާހަކަދައްކާ މީހާ މިހާރު އަބަދު ރުޅިވެރިކަމާއި ނަފްރަތު ނުވަތަ މަޑުމައިތިރިކަމާއި މާޔޫސްކަން މޫނުމަތިން ފެންނަމަ ތިމާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައީއެވެ. ކޮންމެ ކަމެއްގައިވެސް ހައްލަކީ ވާހަކަދެއްކުުންކަން ހަނދާން ކުރާށެވެ.

ކަންކަމުގައި ފިޔަވަޅުތައް ނެގުމުގައި ތިމާ ގާތުން ނޭހުން

މިއީ އަމުދުންކޮށްގެން ވާނެ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް އެއީ ދެ މީހުންގެ ދިރިއުޅުމާއި ގުޅޭ ކަމެއް ނަމައެވެ. މިސާލަކަށް ބައިވެރިޔާއަށް ނާންގާ އެހެން ހިސާބަކަށް ވަޒީފާ ބަދަލުކުރުން ފަދަ ކަންކަމަކީ އާއްމުކޮށް ދިމާވާ ކަންތައްތަކެވެ. ނަމަވެސް މިފަދަ ފިޔަވަޅުތައް ނަގާއިރު، އެކަމާއި ވާހަަކަދައްކާލަން ޖެހޭ އިތުރު މީހަކު ހުރިކަން ހަނދާންކޮށްލާށެވެ.

ކަންކަމުގައި ވާހަަކަދައްކަން ބޭނުން ނުވުން

ވާހަކަދައްކައިގެން ކަންކަން ހައްލުވާއިރު، އަބަދު ބައިވެރިޔާގެ ފަރާތުން، ވާހަކަދައްކަން ބޭނުން ނުވާ ނިޝާންތައް ނުވަތަ ވާހަަކަދައްކަން ބޭނުން ނުވާކަމަށް ސީދާކޮށް، ބުނާނަމަ އެއީވެސް ތި ގުޅުމުގައި މައްސަލަތަކެއް ޖެހި ހައްލު ކުރަން ޖެހިފައިވާކަން ހާމަކަޮށްދޭ ނިޝާންތަކެވެެ.