އިނގިރޭސި ވިލާތުގެ ޝާހީ އާއިލާގެ ކޮންމެ މެމްބަރަކީ ވެސް ވަރަށް ތަފާތު ހަރުކަށި އުސޫލުތަކަކަށް ބޯލަނބަން ޖެހޭ މީހެކެވެ. ބޭނުން ވަގުތަކު ބޭނުންތާކަށް ދިއުމާއި، މީސްމީޑިއާގައި ތަފާތު ލިޔުންތަކާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. ނުވިތާކަށް ނަފްސީ ނުނެގުމަށް ވެސް މި އާއިލާގެ މެމްބަރުންނަށް އޮންނަނީ އަންގައިފައެވެ.

ޝާހީ އާއިލާގެ ހުރިހާ ކަމެއް ވެސް ތަރުތީބުވެފައި އޮންނަނީ ހަރުކަށި އުސޫލުތަކެއްގެ މައްޗަށެވެ. ޝާހީ އާއިލާގެ އެންމެ މުހިއްމު އެއް މެންބަރުކަމުގައިވާ ޕްރިންސް ވިލިއަމްގެ އަންހެނުން، ކޭޓް މިޑްލްޓަން އަކީ އެންމެ ފުރިހަމަ އަށް މިފަދަ ހަރުކަށި އުސޫލުތަކަށް ބޯލަނބާ އެކަކަށް ވާނެއެވެ. ޝާހީ އާއިލާގެ ގިނަ އުސޫލުތައް ބިނާ ވަނީ ރާނީ އެލިޒަބަތުގެ ނިންމުންތަކުގެ މައްޗަށާއި އެކަމަނާ ހިތްރުހޭ ކަންކަމަށެވެ.

އެގޮތުން ކޭޓް ފުރިހަމަ ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި އޭނާގެ ހެދުން އެޅުމާއި، ރީތިވުމުން ފެށިގެން ކެއުމާ ގުޅޭ ކަންކަން ވެސް ހިމެނެއެވެ. ކޭޓް ފުރިހަމަ ކުރަން ޖެހޭ އެންމެ އާދަޔާ ހިލާފު އެއް ޝަރުތަކީ ރޭގަނޑު އޭނާ އަށް އަލުވި ކާން ހުއްދަ ނެތުމެވެ. މީޑިއާ ރޕޯޓްތައް ބުނާގޮތުން އޭނާ އަކީ ކާބޯހައިޑްރޭޓްސް ހިމެނޭ ކެއުމަށް ލޯބިކުރާ މީހެކެވެ. އެގޮތުން އަލުވި އާއި ޕާސްތާ ފަދަ ކެއުންތަކަށް އޭނާ ވަރަށް ބޮޑަށް ލޯބިކުރެއެވެ.

މިކަން ޑެއިލީ މެއިލްގައި ލިޔުނު ލިޔުމަކަށް ޝާހީ އާއިލާގެ ކުރީގެ ކައްކާ ވަނީ ޔަގީންކޮށްދީފައެވެ. އޭނާ ބުނީ ރޭގަނޑުގެ ކެއުމުގައި އަލުވި ކެއުމުގެ ހުއްދަ އެއްގޮތަކަށް ވެސް ކޭޓް އަށް ނޯންނަ ކަމަށެވެ.

ނަމަވެސް ރާނީ އެލިޒަބަތަށް ކެއުމުގައި ކާބޯހައިޑްރޭޓްސް ހިމެނުމަކީ އެހާ ކަމުދާ ގޮތެއް ނޫނެވެ. އެހެންކަމުން ޝާހީ އާއިލާގެ ސުފުރާގައި ރާނީ އަށް ކަމު ނުދާ ކެއުމެއް ނުހިމެނެއެވެ. އެހެންކަމުން ކޭޓް އަށް ވެސް ޖެހުނީ ކައިވެންޏަށް ފަހު އޭނާ އަލުވި ކެއުމަށާއި ޕާސްތާ ކެއުމަށް ހުރި ޝައުގުވެރިކަން ދޫކޮށްލާށެވެ. ނަމަވެސް މިޙާރު ވެސް ޚާއްސަ ދުވަސްދުވަހާއި ދިމާކޮށް ޕާސްތާ ތައްޔާރުކުރުމަކީ އޭނާ ކޮށްއުޅޭކަމެކެވެ. އެގޮތުން ވިލިއަމްގެ އުފަންދުވަސް ފާހަގަކުރަން އޭނާވަނީ ޕާސްތާ ތައްޔާރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުލައި

    ކޭޓް އަލުވި ކައިގެން ފޮޑިތަޅާވަރުން ވިލިއަމް އަށް ނިދޭ ވަރެއްވެސް ނޫން

    14
    2
  2. ސޭޓް

    އެއީ ރޭގަނޑު ހަމަ ސަކަރާތް ޖަހާ ގަޑީ ފޮޑި ޖަހާނެ ތީ ޔަގީނޭ. ކޭޓް ގާތު ބުނޭ، މަ ބުންޏޭ ބަނބުކެޔޮ ކާށޭ. މަ ފޮނުވަފާނަން ތެއްލި ބަނބުކެޔޮ ޑަބިޔަލެއް. 🌚

    15
    1