އެމެރިކާގައި ފަތުރުވެރިއަކު ސާރިދޯޅާއި މާ ކައިރި ވުމުން ޖަލަށް ދާން ދާންޖެހިއްޖެ އެވެ.

ހަތަރު ދުވަހަށް މި ފަތުރުވެރިޔާ ޖަލަށް ލާފައި ވަނީ ސާރިދޯޅާއި ވަރަށް ކައިރިވެ ފޮޓޯ ނަގަން އުޅުމުންނެވެ. މެއި މަހު ޔެލޯ ސްޓޯން ނެޝަނަލް ޕާކުގައި ހިނގި މި ހާދިސާގައި ފަތުރުވެރިޔާ އުޅުނީ ސާރިދޯޅާއި އޭގެ ތިން ކުދިންނާއި ވަރަށް ކައިރިން ފޮޓޯ ނަގާށެވެ.

25 އަހަރުގެ މި އަންހެން ފަތުރުވެރިޔާ ޕާކަށް ދިޔައީ އިތުރު ފަތުރުވެރިންގެ ގްރޫޕަކާއި އެކުގައެވެ. މި ޕާކަށް ދިއުމުން ފުރަތަމަވެސް ހުރިހާ ފަތުރުވެރިންނަށް ވަނީ ސާރިދޯޅާއި ކައިރި ނުވުމަށް އަންގާފައެވެ. އެހެންވެ އަންހެން މީހާއާއި އެއްކޮށް ދެން ތިބި ހުރިހާ ފަތުރުވެރިން ދުރަށް ދިޔަ އެވެ.

ނަމަވެސް މި އަންހެން ފަތުރުވެރިޔާ ފޮޓޯއެއް ނެގުމަށް ސާރިދޯޅާއި ވަރަށް ކައިރި ވިއެވެ. މިއީ އެއްވެސް ގޮތަކަށް ރައްކާތެރި ކަމެއް ނޫންކަމަށް ފަތުރުވެރިޔާ އަށް ކޯޓުގައިވެސް އަންގާފައި ވެއެވެ.

ޔެލޯސްޓޯން ނެޝަނަލް ޕާކުގައި ގިނަ އަދަދެއްގެ ޖަނަވާރު އުޅެއެވެ. އެހެން ޒޫ ތަކާއި ހިލާފަށް މި ޒުލުގައި ޖަނަވާރުތައް ތިބެނީ މިނިވަންކަމާއި އެކު އެއްވެސް ކޮށްޓެއްގައި ނޫނެވެ. މި ޒުލަށް ޒިޔާރަތް ކުރާ ފަތުރުވެރިން ތިބެން ޖެހެނީ އެހެންކަމުން ވަރަށް ހުށިޔާރު ވެގެންނެވެ.

ޒުލަށް ވަނުމުގެ ކުރިން އަބަދުވެސް ޒުލުގައި ހިނގާފާނެ ނުރައްކަލަކަށް ރައްކާތެރިވުމަށާއި އަމިއްލަ ސަލާމަތަށް ބަލައިގެން އުޅުމަށް އަންގައެވެ. ޕާކުން އަބަދުވެސް އިލްތިމާސް ކުރަނީ ފަތުރުވެރިން އަބަދުވެސް ސާރިދޯޅާއި ހިޔަޅާއި 90 މީޓަރު ދުރުގައި ތިބުމަށެވެ.

ހަތަރު ދުވަހަށް ޖަލަށް ލުމަށާއި 15,420.00 ރުފިޔާއިން ފަތުރުވެރިޔާ ވަނީ ޖޫރިމަނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު