ޝާހް ރުކް ހާން އާއި ގައުރީ ހާންގެ ދަރިފުޅު އަރްޔާން ހާން ގޭގައި ނެތުމުން ގޭގައި ފޮނި ކާއެއްޗެހި ނުކައްކަން އަރްޔާންގެމަންމަ ގައުރީ ގޭގެ މަސައްކަތު މީހުންނަށް އަންގައިފިއެވެ.

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން އަރްޔާން ހާން ޖަލުގައި ހުންނަން ޖެހިފައިވާއިރު އަރްޔާންގެ ގޭގައި މުވައްޒަފުން ފޮނި ކާއެއްޗެހި ކެއްކިކަން ގައުރީ އަށް އެނގުމާއެކު އެކަން ވަނީ ހުއްޓުވައިފައެވެ. އަދި އަރްޔާން ގެއަށް ދޫކުރުމުން ނޫނީ އެއްވެސް ފޮނިކާއެއްޗެއް ނުކެއްކުމަށް އޭނާ ވަނީ އަންގައިފައެވެ.

އޮކްޓޯބަރު ދެވަނަ ދުވަހު އިންޑިއާގެ ކްރޫޒް ބޯޓެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރަން ތިބި ބަޔަކު ހައްޔަރުކޮށް ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން އަރްޔާން ބަންދުކޮށްފައެވެ. އޭނާ ފަހުން މަސްތުވާތަކެތި ބޭނުންކުރާކަމަށް އެއްބަސްވެފައި ވެއެވެ.

ގައުރީ އަދި އެ އާއިލާ އަށް ވެސް ބޮޑު ހިތާމައެއް ލިބިފައިވާ އިރު ފޭނުންނާއި ހެޔޮ އެދޭ ފަރާތްތަކުން ދަނީ ޝާހް އާއި ގައުރީ އަށް ހިތްވަރުގެ މެސެޖުތައް ފޮނުވަމުންނެވެ. އަދި ކުރިޔަށް އޮތް ތަނުގައި ކަންކަން ރަނގަޅު ވާނެ ކަމަށްވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

ހިތާމައިގައި ދުވަސްތައް ގުނަމުންދާ އަރްޔާންގެ މަންމަ ގައުރީ ވަނީ މިމަހު ހަތް ވަނަ ދުވަހުން ފަށައިގެން ހަކުރު ކެއުން ވެސް ހުއްޓާލައިފައެވެ. އަރްޔާންގެ އާއިލާ އިން ވަނީ އޭނާގެ ކެއުން ރަނގަޅުކޮށްދިނުމަށް އެދި އަރްޔާން ބަންދުކޮށްފައި ހުރި ޖަލަށް ފައިސާވެސް ދީފައެވެ.

ކޮވިޑް-19 ގެ މި ހާލަތުގައި އަރްޔާން ދެކިލުމަށް އާއިލާ އަށް ޖަލަށް ޒިޔާރަތް ކުރެވޭނެ ގޮތްވެސް ވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަހުދަތު

    ދެން ގޯރީ ދައްތަ ހަކުރު ބޯން ނުފަށައްޗޭ އަނެއްކާ ޑިޕްރެސްވެގެން. އޭރުން ޝާކިރުބޭބޭ ދެރަވާނެ.

    16
    5
  2. ހާލުފޮޅި

    ގެއިންވެސް ނުކުންނަންވީނު... މިހީވަނީ އޭނަ ގޭގަ ނިދަން އޮއްވާ ބަޔަކު މީހުން އައިސް ކިޑްނެޕްކޮށްގެން އުޅޭހެން . . . އިންޑިޔާގެ ފިލްމް އިންޑަސްޓްރީއަކު ނެތް މަސްތުވާތަކެތި ބޭނުން ނުކުރާ އެކަކުވެސް.. ދެން މާ މާތް ބަޔަކަށް ވެގެން

    4
    1
  3. ޝަރަފިއްޠާ

    ފޮނި އެއްޗެއް ހެދިއްޔާ ކަނީ އެސޮރު އެކަނިވިއްޔަ ؛؛؛؛؛؛؛

    10
    1