ލޮލުގެ ފެނުން ވަރަށް ބޮޑަށް ގެއްލިފައިވާ ކުޑަކުއްޖަކު ފިހާރައަކަށް ދިޔައީ ފައިސާ ފޮތިތަކެއް ހިފައިގެންނެވެ. އޭނާ އެތަނަށް ދިޔައީ ކިޔަވަން ބޭނުންވާތީ ފޮތެއް ގަންނާށެވެ. އޭނާ ކައުންޓަރު ކައިރިއަށް ގޮސް އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ކައިރީ އޭނާއަށް ނޯޓު ފޮތެއް ދެއްކުމަށް އެދުނެވެ.

ފިލިޕީންގެ ފިހާރައަކަށް އޭނާ ވަތްއިރު އެތަނުގައި ތިބި މުވައްޒަފުން އޭނާއަށް ވަރަށް ބޮޑަށް އެހީވިއެވެ. އޭނާ ވަނީ އެތަނުގެ ސްޓާފުން ކައިރީގައި އޭނާއަކީ ކުޑައިރުން ފެށިގެން ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ކުއްޖެއް ކަމަށް ބުނެފައެވެ.

އުމުރުން ހަތަރު އަހަރުގެ ވެނަސާ ނަމަކަށް ކިޔާ އެ އަންހެން ކުއްޖާއަކީ އެކަނިވެރިމަޔަކު ބަލަމުން އަންނަ ނުވަ ކުދިންގެ ތެރެއިން ދެވަނައަށް އެންމެ ހަގު ދަރިފުޅެވެ.

އެ ކުއްޖާ ބުނިގޮތުގައި، އޭނާއަކީ ފައިސާ ފޮތިތައް އެއްކުރަނީ ކިޔަވަން ބޭނުންވާތީއެވެ.

އެ ކުއްޖާ އެ ފިހާރަ ތެރެއަށް ގޮސް މުވައްޒަފުންނާއި ވަހަަކަދައްކާ މަންޒަރު ފެންނަ ވީޑިޔޯއެއް މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. އޭނާ އެތާ މަސައްކަތް ކުރާ މުވައްޒަފުން ކައިރީ ބުނީ، އޭނާ ބޭނުންވަނީ ނޯޓު ފޮތެއް ކަމަށެވެ.

އެ ފިހާރާގައި މަސައްކަތް ކުރާ މުވައްޒަފަކު ވަނީ އެ ކުއްޖާ ގޮވައިގެން ގޮސް ނޯޓު ފޮތްތައް ހުރި ހަރު އެ ކުއްޖާއަށް ދައްކާފައެވެ. އެ ކުއްޖާ ނަގާފައި ވަނީ އޮރެންޖް ކުލައިގެ ފޮތެކެވެ. އަދި އާ ފަންސޫރެއްވެސް ނެގިއެވެ.

އަދި ފަހުން އެ ކުއްޖާ ވަނީ ކަސްޓަމަރަކާއި އަދި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ކައިރީ އިށިންދެފައެވެ. އެ ދެ މީހުން ވަނީ އޭނާއަށް ޗޮކްލެޓަކާއި، އަދި ބުއިމެއްގެ އިތުރުން ރޭގަނޑުގެ ކެއުންވެސް ދީފައެވެ. އަދި އޭނާ ވަނީ އެތަނުގައި މަސައްކަތް ކުރާ ސްޓާފުންނަަށް އޭނާގެ ހާލަތު ބަޔާންކޮށްދޭ ފައިލްވެސް ދައްކާފައެވެ.

އެތައް ބަޔަކު ބުނަމުންދިޔައީ އެ މަންޒަރު ފެނިފައި އެ މީހުން ރޮއްވާލި ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު