މޫނުގެ އެއްފަޅި ކަޅު އަދި އަނެއްފަޅި އަޅި ކުލައިގެ ބުޅަލެއްގެ ފޮޓޯ ފެެނި މުޅި މީސްމީޑިޔާ މޮޔަވެއްޖެއެވެ.

މިދިޔަ ހަފްތާގައި މީސްމީޑިޔާގައި ފުރާސްގެ މީހަކު މީހުންގެ ތެރެއަށް ދޫކޮށްލި މިފޮޓޯ މިހާރުދަނީީ ވައިރަލްވަމުންނެވެ. ދިވެހިންގެ ތެރޭގައިވެސް މި ބުޅަލުގެ މަޤްބޫލުކަންދަނީ އިތުރުވަމުންނެވެ.

މޫނުގެ ސީދާ ރޮނގެއްގޮތަށް ދެފަޅީގައި ދެކުލަ ހުރި މިބުޅާ މިގޮތަށް ވެފައިވަނީ ކިހިނެތްކަން އަދި ދެނެގަނެވިފައި ނުވިނަމަވެސް މީޑިޔާ ރިޕޯޓްތައް ބުނަނީ މިއީ އާއްމު ކަމެއްކަމަށާއި މިގޮތަށްވަނީ ދެއެންބިރިއޯ ފިއުޒްވުމުން ކަމަށެވެ. އަދި މިގޮތަށް ހުންނަ ބުޅަލަށް ކިޔަނީ ކައިމެރާ ބުޅާކަމަށް ވެސް ރިޕޯޓްތަކުގައިވެ.

ބުޅަލަށް ލޯބިކުރާ ބޮޑު ކޮމިއުނިޓީއެއް ރާއްޖޭގައި ވެސް އޮވެއެވެ. އަދި މިފޮޓޯ ދަނީ މިމީހުންވެސް މީސްމީޑީޔާގައި ޝެއަރކޮށް އެމީހުނަށްވެސް މިކަހަލަ ބުޅަލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބިކަމުގައި ބުނަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މަޑޭމެން

    އެއްވެސް ރީއްޗެއްނޫން

    2
    1
  2. ފގހ

    މީސްމީޑިޔާ އަކީ ކޯއްޗެއް

    • ލަޔަން

      އެއީ މިނިމީޑިއާގެ އަނެއް ވައްތަރު

    • ޑިމޮކްރަޓިސްޓް

      މީސްމީޑިޔާ - ސޯޝަލްމީޑިޔާ

  3. ޑިމަކުރޭޒީ

    "މޫނުގެ އެއްފަޅި ކަޅު އަދި އަނެއްފަޅި މުށި ކުލައިގެ ބުޅަލެއްގެ ފޮޓޯ ފެެނި މުޅި މީސްމީޑިޔާ މޮޔަވެއްޖެއެވެ." މުށި ކުލަ ފެނުނިއްޔާ އިނގޭނެބާ!!! ނޫނީ މި ރިޕޯރޓް ލިޔުނު މީހަކު ކަލަރބްލައިންޑް ބާ؟؟

    • ީއިންސަާނާ

      މީހަކަށް ކުށެއް ލިޔެވިދާނެ.. އަދި ނުވޭ ކަންނޭގެ ދޯ ކަލާ ބްލައިންޑަށް ގޮވާކަށް..މިހާރު ބަލާލަބަ އިނީ ކިހިނެއްތޯ... ފުރަތަމަ ވެސް ކުށް ފެނުނީމަ ރަނގަޅު ކޮއްލަ ދިން ނަަމަ ދޯ؟

  4. Anonymous

    ހަމަ ވ ލޯބި ބުޅާގަޑު. ?❤

  5. ކުޑޭ

    މަށެއް ހަމަ ގައިމުވެސް ތި ބުޅަލުގެ ވާހަކަ އެއް ނުދައްކަން.. ދެން ކޮންހާ ދޮގު ހަބަރެއް ތި ލިޔަނީ

  6. ސާރާ

    ވާއު..?

  7. ޙަފްޞާ / މާލެ

    އިންސާނުންގެ ތެރޭގަވެސް ހަށިގަނޑުހެ ޢާއްމު ހަމުގެ ކުލަޔަށްވުރެ މޫނު ކަޅު ނުވަތަ ދޮން މީހުން އުޅޭ! އެއީ ﷲގެ ކުޅަދުންވަންތަކަން!

  8. ފޭން

    ސޮޯ ކިއުޓް

  9. އިބޫ ހުޅުމާލެ

    މީސް މީޑިއާ އަކީ މީސްތަކުން ބޭނުންކުރާ މީޑިއާ....