ގޫގުލް އިން އިނގިރޭސިވިލާތުގައި އައިފޯން ބޭނުންކުރާ މީހުންނަށް 15،000 ރުފިޔާ ދޭން ރުފިޔާ ޖެހިދާނެ ކަމަށް ބެލެވިއްޖެއެވެ.

އިނގިރޭސި ވިލާތުގައި ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން އައިފޯން ބޭނުންކުރާ އިރު މި ހުރިހާ މީހުންނަށް ގޫގުލް ދަރާނީ އެ ކުންފުންޏާ ދެކޮޅަށް މިހާރު ކޯޓުގައި ހިނގަމުންދާ މައްސަލަ ސާބިތު ވުމުންނެވެ.

“ލޮއިޑް ވަސެސް ގޫގުލް“:ފަހުގެ ގާނޫނީ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ އެއް މައްސަލައިގެ ގޮތުގައި ސިފަކޮށްފައިވާ މި މައްސަލައިގައި ސުޕްރީމް ކޯޓުން ބުދަ ދުވަހު ހުކުމް އިއްވާއިރު މި މައްސަލަ އަކީ އަމިއްލަ ފަރާތެއް ކަމަށްވާ ލޮއިޑް ކޯޓަށް ވައްދާފައިވާ މައްސަލައެކެވެ.

ރިޗަޑް ލޮއިޑް ގޫގުލްއާ ދެކޮޅަށް ދައުވާ ކުރަނީ 2011 ވަނަ އަހަރާއި 2012 ވަނަ އަހަރާ ދެމެދު އައިފޯން ބޭނުންކުރާ މީހުންގެ ވެބް ބްރައުޒާ ޑޭޓާ އެއްކުރިކަމަށް ބުނެއެވެ.

ސަފާރީ ބްރައުޒާގެ ޑިފޯލްޓް ޕްރައިވެސީ ސެޓިންތަކުން އެކަން ކުރުމަށް އޭރު ހުރަސް އެޅި ކަމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޮޑު ކުންފުންޏަކުން ބުނަމުން ދިޔަ ނަމަވެސް، އެ ޑޭޓާތައް އެއްކުރުމުގެ މަސައްކަތް ރިޗަޑް ލޮއިޑް ދަނީ ކުރަމުންނެވެ.

ގޫގުލް އާ ދެކޮޅަށް ކުރާ މި ދައުވާތައް ސާބިތުވެއްޖެނަމަ ގޫގުލް އަށް އެތައް ބިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެއެވެ. އެއީ އެ ކުންފުނިން އެތައް މިލިއަން މީހުންގެ ސިއްރު މައުލޫމާތު އެފަރާތްތަކަށް އެންގުމަކާ ނުލައި ބަލާފައިވާތީއެވެ.

މީގެ ކުރީގައި ވެސް މިފަދަ އެތައް ތުހުމަތުތަކެއް ގޫގުލް އާ ދެކޮޅަށް ކުރެވިފައިވާއިރު ކޯޓަށް މައްސަލަތައް ގެންގޮސް ސާބިތުވެސް ވެފައިވެއެވެ. އަދި އެތައް ބަޔަކަށް ފައިސާދައްކަންވެސް ޖެހުނެވެ.

ކިޔުންތެރިންގެ ހިޔާލު