ޒިއޯމީ 10 އަލްޓްރާ ފަދަ އެންޑްރޮއިޑް ސްމާޓްފޯންތަކުން އެންމެ ތިން މިނެޓުގެ ތެރޭގައި 25 އިންސައްތަ ޗާޖުވާއިރު، ވަން ޕްލަސް ގެ ނޯޑް 2 5ޖީ އިން 30 މިނެޓުން ފޯނު 100 އިންސައްތަ ޗާޖު ކޮށްލެވޭނެއެވެ.

ނަމަވެސް، އައިފޯނުގެ ޗާޖިން ސްޕީޑްތައް ފާއިތުވި އަހަރުތަކުގައި ހުރީ ވަރަށް ބޮޑަށް އެއްވަރެއްގައި ހިފެހެއްޓިފައެވެ.

އިތުރު ޗާޖިން އޮޕްޝަންތައް ދިނުމުގެ ބަދަލުގައި އެޕަލް އިން އިހްތިޔާރު ކުރީ ޓްރައިޑް އެންޑް ޓްރޫ 50 އިންސައްތަ ބައި ގަޑިއިރުގެ ތެރޭގައި ހިފަހައްޓަން ކަމަށާއި އެއީ 2017 ވަނަ އަހަރުގެ އައިފޯން 8 އިން ފެށިގެން ގާތްގަނޑަކަށް ޗާޖިން ސްޕީޑެއް ކަން ފާހަގަ ކުރެވެއެވެ. އެ ސްޕީޑްތަކަކީ ގިނަ މީހުންނަށް އެންމެ ފުރިހަމަ ޗާޖު ހިފަހައްޓައިދޭ ގޮތަށް ނުވާއިރު، ބޭރުގައި ގިނައިރު އުޅޭ ފަރާތްތަކަށް އެމީހުންގެ ޗާޖަރުން ތަންކޮޅެއް އަވަހަށް ޗާޖު ކުރެވޭނެ ގޮތްތައް ހުރެއެވެ.

އައިފޯން ޗާޖިން ސްޕީޑް އިތުރު ކުރެވޭނެ ހަތަރު ގޮތެއް:

މީގެ ހަތަރު އަހަރު ކުރިން، އައިފޯން 8 ނެރުނު ފަހުން، އައިފޯނުގެ ބިލްޓް އިން ޗާޖިން ސްޕީޑަށް މާބޮޑު ބަދަލެއް ނާދެއެވެ. އައިފޯންގެ ޗާޖިން ސްޕީޑް އިތުރުކުރުމަށް ކުރެވިދާނެ އެއްވެސް ސޮފްޓްވެއާ އެއް ނެތްއިރު، ބެޓެރީ ގިނައިރު ހިފަހައްޓަން ބޭނުންކުރާ ހާޑްވެއާ އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރެވިދާނެއެވެ. މިކަމުގެ ސަބަބުން، އައިފޯނަށް ޖުމްލަކޮށް ޗާޖިން ސްޕީޑް އިތުރުވެ، ކުރު މުއްދަތެއްގެ ތެރޭގައި ބެޓެރީ ލައިފް ތަންކޮޅެއް އިތުރުކޮށްދޭނެއެވެ.

އަވަސް ޗާޖަރެއް ހޯދާ

ފާސްޓް ޗާޖަރުގެ ގޮތުގައި ދަރަޖަކުރާ ވަރަށް ގިނަ ޗާޖަރުތައް މިހާރު އެބަހުއްޓެވެ. ބައެއް ފޯނުތަކަށް މަސައްކަތް ކުރި ނަމަވެސް މި ޗާޖަރުތައް ބޭނުންކުރާ ހާޑްވެއާ އަކީ އައިފޯނަށް ހާއްސަ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި އެޕަލް އިން އައިފޯނުތަކަށް ބޭނުންކުރާ ނޮން-ޕްރޮޕަޓީ ސިސްޓަމެއް ކަމަށްވާ ޕީޑީ ސަޕޯޓްކުރާ ޗާޖަރުތަކަށް ބޭނުންކުރަން ޖެހެއެވެ. އަވަހަށް ޗާޖުކުރެވޭ ޗާޖަރެއް ހޯދުމަކީ މުހިންމުކަމެއްކަން އެނގޭނީ އަވަހަށް ޗާޖުދާ ފޯނެއް ގެންގުޅޭ މީހުންނަށެވެ.

ކުރީގެ ފޯންތަކުގެ ޗާޖަރު ބޭނުންކުރުން ހުއްޓާލާ

ފަހުގެ އަހަރުތަކުގައި ސްމާޓްފޯން އުފައްދާ ގިނަ ކުންފުނިތަކުން ގެނައި އެއް ބަދަލަކީ ފޯނުގެ ޕެކޭޖުން ޗާޖަރުތައް ވަކިކުރުން ކަމަށްވެއެވެ. އެއީ ތިމާވެއްޓަށް ރަނގަޅު ކަމަކަށް ވާއިރު، އަހަރުތަކެއް ވަންދެން އައިފޯނެއް ގެންގުޅުނު މީހަކަށް އަދިވެސް ޗާޖަރެއް ގެންގުޅުމަކީ ވެދާނެ ގޮތެކެވެ. އެފަދަ ޗާޖަރުތައް، ކުރީގެ ފޯނުތަކުގެ ޗާޖަރުތަކުން ފަހުގެ ފޯނުތައް ޗާޖުކުރަން އުޅުމަކީވެސް ރަނގަޅު ކަމެއް ނޫނެވެ.

ވަޔާލެސް ޗާޖަރު ބޭނުންނުކުރޭ

ވަޔަލެސް ޗާޖިން އަކީ ފަސޭހަ އިން ކުރެވޭނެ އެއްޗެއް ނަމަވެސް މިއީ އައިފޯން ޗާޖު ކުރެވޭނެ އެންމެ އަވަސް ގޮތެއް ނޫނެވެ. އެޕަލް އިން އަމިއްލަ ވަޔަލެސް ޗާޖަރެއް ޑިޒައިންކޮށް ވިއްކުމާއެކު ވެސް، ހާއްސަކޮށް އައިފޯނެއްގައި އެންމެ އަވަހަށް ޗާޖު ކުރެވޭ ވަރަށް އަދިވެސް ނުލިބެއެވެ. ވަޔަލެސް ޗާޖަރުން މާ ގިނައިން ހޫނު ކަން ދޫކޮށްލާ އިރު، އެއީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫނެވެ.

އެހެން މީހުންގެ ޗާޖަރުން ޗާޖުކުރުން ހުއްޓާލާ

މެގްސޭފް ޗާޖަރު ފަދަ ވަޔަލެސް އޮޕްޝަންތަކުން މިހާރަށް ވުރެ ލަސްލަހުން ޗާޖު ކުރާއިރު، ޕީޑީ ބޭނުން ކުރި ވަޔަލެސް ސޮލިއުޝަންތަކުން ތިބާގެ ޑިވައިސްއަށް ސޮލިޑް ވޮޓްގެ ހަކަތަ ފޯރުކޮށްދޭނެއެވެ. އަދިވެސް ބައެއް އެންޑްރޮއިޑް ފޯނުތަކުން ލިބޭ ފަދަ އައިފޯން ޗާޖިން ސްޕީޑްތައް ހަމަ ލޮލަށް ނުފެންނާނެއެވެ. ނަމަވެސް އެކްސްޓާނަލް ޕެކެއް ބޭނުން ވެއްޖެ ހިނދެއްގައި އިތުރު ބެޓެރީ ޕަވާ އަށް ރެޑީ އެކްސެސް ދިނުމުން އެ ކަންބޮޑުވުން ނައްތައިލުމަށް އެހީތެރިވެވިދާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައިފޯން ޕްރޯ

    އަހަން ފޯން ވަރަށް އަވަހަށް ޗާޖް ވޭ! ތެންކްސް އެޕަލް

    6
    1
  2. ތަކުރުފާނު

    މި ލިޔުމުގައި އެބުނަނީ ޗާޖުކުރާ ޓޮޕުގެ ވާހަކަ. ޗާޖުކުރަން ގެންގުޅޭ ވާގަނޑުގެ ވާހަކައެއްނޫން