މައްކާގެ ހަރަމްފުޅުގައި އެކި ކަންކަމުގައި އެހީތެރިވުމަށް 11 ބަހުން ވާހަކަ ދައްކާ ރޮބޮޓްތަކެއް ގެންގުޅެން ފަށައިފިއެވެ.

މި ރޮބޮޓްތަކަކީ ވަގުތުން ބަސްތައް ބަދަލުކޮށް، ދީނީ އިލްމުވެރިންނާ މަޝްވަރާކޮށްގެން އެކި ބަސް ބަހުން ވާހަކަ ދެއްކުމުގެ އިހްތިޔާރު އޮންނަ ރޮބޮޓްތަކެކެވެ.

ރިމޯޓުން ކޮންޓްރޯލް ކުރާ މި ރޮބޮޓްތައް، އަރަބި، އިނގިރޭސި، ފްރާންސް، ރަޝިއާ،

ރިމޯޓް ކޮންޓްރޯލް ކުރާ މި ރޮބޮޓް އަރަބި، އިނގިރޭސި، ފަރަންސޭސި، ރަޝިއާ، ފާރިސީ، ތުރުކީ، ޗައިނީޒް، ބެންގާލީ އަދި ހައުސާ ހިމެނޭ ގޮތަށް 11 ބަހަކަށް ސަޕޯޓް ކުރެއެވެ.

ރޮބޮޓްތަކުގައި 21 އިންޗީގެ ޓަޗް ސްކްރީން އެއް ހުރެއެވެ. އެއީ ހަރަމްފުޅަށް ޒިޔާރަތްކުރާ މީހުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމުގެ ބޭނުމުގައެވެ. އަދި އޭގެ ސަބަބުން ސްމާޓް ސްޓޮޕްސިސްޓަމް މެދުވެރިކޮށް ފަސޭހަކަމާއެކު އަދި ފްލެކްސިބަލްކޮށް ހިނގާބިނގާވެ އުޅުމުގެ ފުރުސަތު ލިބިގެންދެއެވެ.

ހަތަރު ފުރޮޅުލީ މި ރޮބޮޓްތަކަކީ ހަރަމްފުޅުގައި އަޅުކަންތައް ކުރާ އެކި މީހުންގެ އަޅުކަން އަދާކުރުމަށް އެކި ގޮތްގޮތުން އެހީތެރިވެދީ، ހަފްތާގެ ހިދުމަތްތައް ދީ، ސުވާލުތަކަށް ޖަވާބު ދިނުމަށް އެހީތެރިވެދޭ ރޮބޮޓްތަކެވެ.

ތަންތަން ސްޓެރެލައިޒް ކުރުމަށް އޮޓޮމޭޓެޑް ކްލީނިން ރޮބޮޓްތައް ވެސް އެބަހުރި ކަމަށާއި އޭގެ ސަބަބުން ކޮވިޑުގެ ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް އެހީތެރިވެދޭ ކަމަށް ސައުދީގެ މީޑިއާތަކުން ބުނެއެވެ.

ފާއިތުވި އަހަރުތަކުގައި ހަރަމްފުޅަށް ބޮޑެތި ބަދަލުތަކެއް ގެނެސް ގިނަ ބަޔަކަށް އެއްފަހަރާ ހަރަމްފުޅު ބޭނުންކުރެވޭނެ ގޮތް ވަނީ ހަދައިފައެވެ. އަދި ސްމާޓް ދުނިޔެއެއްގައި ހުންނަ އެތައް ކަމެއް ހަރަމްފުޅުންވެސް ލިބޭނެ ގޮތް ވަނީ ހަދައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ މުންކޮ

    މާޝާ ﷲ ވަރަށް އުފާވެރި ޙަބަރެއް

    9
    1