ނެޓްފްލިކްސް ސީރީޒް "ސްކުއިޑް ގޭމް"ގެ ކޮޕީތައް ވަގަށް އެތެރެކޮށް ވިއްކައި، އެ ސިރީޒް ބަލަން އިން އުތުރު ކޮރެއާ މީހަކަށް މަރުގެ ހުކުމް އިއްވައިފިއެވެ.

ރޭޑިއޯ ފްރީ އޭޝިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުން މި މީހާ އަށް މަރުގެ ހުކުމް ކޮށްފައިވަނީ ހައި ސްކޫލްގެ ހަތް ދަރިވަރަކު މި ސީރީޒް ބަލަން ތިއްބައި ކަމާއިބެހޭ ފަރާތްތަކުން ހިފެހެއްޓުމުންނެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ސްކުއިޑް ގޭމްގެ ކޮޕީ ގެނެސްފައިވަނީ ޗައިނާއިންނެވެ. އަދި އެ މީހާ ވަނީ އެ ސީރީޒް ހިމެނޭ ޔޫއެސްބީ ޑްރައިވްތަކެއް ވިއްކާފައެވެ. އޭނާގެ ހުކުމް ތަންފީޒު ކުރާނީ ފަޔަރިން ސްކޮޑުން ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން، ޑްރައިވް އެއް ގަނެފައިވާ ދަރިވަރަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. އަދި ސްކުއިޑް ގޭމް ބެލި އިތުރު 6 މީހަކަށް ވަނީ 5 އަހަރު ވަންދެން ބުރަ މަސައްކަތް ކުރުމަށް ހުކުމް ކޮށްފައެވެ. ޓީޗަރުންނާއި ސްކޫލް ތަކުގެ އެޑްމިނިސްޓްރޭޓަރުން ވަޒީފާއިން ވަކިކޮށް، ރިމޯޓް މައިންތަކުގައި މަސައްކަތް ކުރާ މީހުން ވަޒީފާއިން ދުރުކުރަން ނުވަތަ އެހެން ތަނަކަށް މަސައްކަތް ކުރަން ފޮނުވަން ހުކުމް ކޮށްފައިވެއެވެ.

އުތުރު ކޮރެޔާއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން ބޭރު ގައުމުތަކުގެ ކޮޕީތައް އެގައުމަސް އެތެރެވިޔަ ނުދީ ހިފެހެއްޓުމަށް އެންމެ ފުރިހަމަ އަށް މަސައްކަތްކުރަން ފަށާފައެވެ.

ސްކުއިޑް ގޭމް ބަލަން ތިބި ހަތް ދަރިވަރުން ހައްޔަރު ކުރުން ވެގެން ގޮސްފައިވަނީ އުތުރު ކޮރެއާގައި "އެލިމިނޭޝަން އޮފް ރިއެކްޝަނަރީ ތޯޓް އެންޑް ކަލްޗާ" އާ ބެހޭ ގޮތުން ފާސްކުރި ގާނޫނު ތަންފީޒު ކުރާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަން

    ތި ވެސް ތާލިބާން އިން ކުރި ކަމެއް ނަމަ އިންސާނީ ހައްގުތަކާ އެމެރިކާ ހީވާނީ މޮޔަ ވެގެން އުލޭހެން

    7
    2
  2. އަފްޣާނީ

    ވާގޮތަކީ އެމެރިކާއަކަށް އުތުރު ކޮރެއާ އަކާ ނުކުޅެވޭ..