ސަލްމާން ޚާން މިހާރު މަސައްކަތް ކުރަމުންދާ ފިލުމު ''އަންތިމް: ދި ފައިނަލް ޓުރުތު'' އަޔުޝް ކުޅުމަށް ސަލްމާން ބޭނުންވީ ވަކި ސަބަބު ހާމަކޮށްފިއެވެ.

އަޔުޝް ޝަރުމާއަކީ ސަލްމާން ޚާންގެ ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާއެވެ. އަޔުޝްގެ ބޮލީވުޑު ފުރަތަމަ ފިލުމަކީ ވެސް ސަލްމާން ޕްރޮޑިއުސް ކޮށްފައިވާ ފިލުމު ''ލަވްޔާތުރީ'' އެވެ.

ލްވަޔާތުރީގައި އަޔުޝް ދައްކުވައިދީފައިވަނީ ލޯބި ކާމިޔާބު ކުރުމަށް މަސައްކަތް ކުރާ މީހެއްގެ ރޯލެވެ. މި ފިލުމު ވަނީ ބޮކްސް އޮފީހުގައި ފްލޮޕް ފިލުމެއްގެ ގޮތުގައި ފާހަގަ ކުރެވިފައެވެ.

އެކްޓިންގެ ދުނިޔޭގައި ކާމިޔާބު މީހަކަށް ވުމަށް، ނުވަތަ އެހެން މީހުން ހަނދާން ހުންނާނެ ފަދަ މީހަކަށް ވާން ބޭނުން ނަމަ ލްޔާތުރީގައި އަޔުޝް ދައްކުވައިދީފައިވާ ރޯލުގެ އިތުރުން ތަފާތު ރޯލަކުން ވެސް ފެންނާނެ ޖެހޭނެ ކަމަށް ސަލްމާން ބުނެފައިވެއެވެ.

އަންތިމްގައި އަޔުޝް ކުޅެފައިވާ ރޯލަކީ އަޔުޝްގެ އެކްޓިންގެ ކެރިއަރ އަށް ވަރަށް މުހިންމު ރޯލެއް ކަމަށް ސަލްމާން ބުނެފައިވެއެވެ.

އަންތިމްގެ ޕްރޮމޯޝަންގައި ކަޕިލް ޝަރުމާގެ ޝޯގައި ވާހަކަ ދައްކަމުން އަޔުޝް ބުނެފައިވަނީ ފިލުމުގެ ޑައިރެކްޓަރ މަހޭޝް ބުނެގެން ސަލްމާން ބެލި ފިލުމެއްގެ ކެރެކްޓަރއެއް އޭނާގެ ސިކުނޑީގައި ހަރުލާފައިވާ ކަމަށާއި އެ ކެރެކްޓަރ އަޔުޝް ކުޅެފި ނަމަ އަޔުޝްގެ ކެރިއަރއަށް ރަނގަޅުވާނެ ކަމަށެވެ.

އެހެންކަމުން އެންމެ ފުރިހަމައަށް މި ރޯލު އަދާކުރުމަށް ވަރަށް މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް އަޔުޝް ބުނެފައިވެއެވެ.

ފިލުމު އަންތިމްއަކީ މަރާތީ ފިލުމެއްގެ ރީމެކެކެވެ. މި ފިލުމަކީ ޑައިރެކްޓަރ މަހޭޝް ވެސް މަސައްކަތް ކޮށްފައިވާ ފިލުމެކެވެ.