ދުނިޔޭގެ އެންމެ ބޮޑު ޕިއްޒާ މިހާރު އެމެރިކާގައި ވިއްކަން ފަށައިފިއެވެ.

އެމެރިކާގެ މިޗިންގަންގައި ހުންނަ މޯލީސް ސްޕޯޓްސް ގްރިލް އެންޑް ބާގައި ވިއްކަ މި ޕިއްޒާ އަކީ ހަތަރެސްކަން އެއްވަރު، ފުޅާ މިނުގައި ހަ ފޫޓު، އަދި ދިގު މިނުގައިވެސް ހަ ފޫޓު ހުންނަ ބޮޑު ޕިއްޒާއެކެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެ ޕިއްޒާގައި 22 ކިލޯ ހުރެއެވެ. އަދި އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެ ބޮޑު ޕިއްޒާ ޑެލިވާވެސް ކޮށްދިނުމެވެ.

އެ ރެސްޓޯރެންޓުން މިހާރު ދަނީ އެ ޕިއްޒާ، ގިނީސް ވޯލްޑް ރެކޯޑުގައި ހިމެނުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަދި އެކަން ކާމިޔާބެއް ނުވެއެވެ.