ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް ކޮވިޑް-19 އަށް ފައްސިވެ މިވަގުތު ހުރީ ކަރަންޓިންގައެވެ. އޭނާއާ ގުޅޭގޮތުން އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުގައި، އޭނާ ކޮވިޑް ސުންކު ވަނީ އާ ވޭރިއެންޓަށް ޖީން ސީކުއެންސް ހަދަން ފޮނުވާފައެވެ.

ބިރްހަންމުމްބާއީގެ މުނިސްޕަލް ކޯޕަރޭޝަނުން ބުނީ، އާ ވޭރިއެންޓަށް ކަރީނާ ފައްސި ނޫން ކަމަށެވެ.

ކަރީނާގެ އިތުރުން، އަމްރީތާ އަރޯރާ އާއި ސީމާ ޚާން އާއި މަހީޕް ކަޕޫރްގެ ސުންކުވެސް ވަނީ ޖީން ސީކުއެންސް ހަދަން ފޮނުވާފައެވެ.

އެ އެންމެން ކޮވިޑަށް ފައްސިވެފައި ވަނީ ކަރަން ޖޯހަރްގެ ޕާޓީއަކަށް ދިޔަ ފަހުންނެވެ. އެކަމަކު އެއީ ޕާޓީއެއް ނޫން ކަމަށާއި، އެއީ ރޭގަނޑުގެ ކެއުމެއް ކަމަށް ކަރީނާ ބުނެފައި ވެއެވެ.

ކަރީނާ ވަނީ އޭނާ ކޮވިޑަށް ފައްސިވެ އެކަހެރިވެފައިވާކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އޭނާ ވަނީ، އޭނާއާ ގާތުން އެއްތާވި މީހުން އެކަހެރިވެ ތިބުމަށް އެެދިފައެވެ.

"އަހަރެންެ އާއިލާ އާއި ސްޓާފުުން ވަނީ ދެ ޑޯޒް ވެކްސިން ޖަހާފައި. އެ މީހުންގެ ގައިން ބަލީގެ އަލާމާތެއް ނުފެނޭ. އަހަރެންގެ ހާލު ރަނގަޅު". އޭނާ ބުނެފައި ވެއެވެ.

ކަރީނާ ކޮވިޑަށް ފައްސިވެފައި ވަނީ އެކުގައި އެ ޕާޓީއަށް ދިޔަ މީހެއްގެ ފަރާތުން ކަަމަށް ވެއެވެ. އަދި އާއިލާ އެންމެން ކޮވިޑަށް ޓެސްޓުކުރިއިރު ނަތީޖާ ނައްސިކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހޭޓް

    Keevve featured photo ga kareena ge kalhuthila eynee

  2. އަހުމަދު

    ހާދަ ދެރައޭ