ބޮލީވުޑްގެ މަޝްހޫރު ސުޕާރ ސްޓާރ ސަލްމާން ޚާން އަށް މިއަދު 56 އަހަރު ފުރުނުއިރު، ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ގޭތެރޭގައި ދިމާވި ކަމަކުން ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައެވެ. އަދި އޭނާގެ ޕަންވެލް ފާމް ހައުސްގައި އޭނާގެ އާއިލާ މިހުންނާއި ރައްޓެހިންނާއެކު އުފަން ދުވަހުގެ ޕާޓީވެސް ބާއްވާފައި ވެއެވެ.

ސަލްމާން އަށް ހޮނިހިރުގެ ރޭ ދިމާވި ކަމަކީ ވިހަ ގަދަ ނޫން ހަރުފައެއް އޭނާގެ ގައިގައި ދަތް އެެޅުމެވެ.

ސަލްމާން ވަނީ އޭނާގެ ގެ ކައިރީގައި ދިރިއޫޅޭ މީޑިއާތަކުގެ މީހުންނަށް އެކަން ހިނގާދިޔަ ގޮތް ކިޔާދީފައެވެ.

އެގޮތުން އޭއެންއައި އަށް ދިން އިންޓަވިއުއެއްގައި ސަލްމާން ބުނީ، ގޭގައި އުޅުނު ކުދިން ބިރުން އުޅޭތީ އޭނާ އެ ހަރުފަ ދަނޑިއަކުން ބޭރަށް ނެރެނީ ކަމަށެވެ. އަދި އެގަޑީގައި އޭނާއަށް އެ ހަރުފަ ހަމަލާ ދިނީ ކަމަށް ބުންޏެވެ.

"ހަރުފައެއް ވަނީ އަހަރެންގެ ފާމް ހައުސްގެ ކޮޓަރިއަކަށް، މިއާއެކު ކުދިން ބިރުގަތީ. އަހަރެން އޭތި ބޭރަށް ނެރުނީ ދަނޑިއެއް ބޭނުން ކޮޮށްގެން. އެކަމަކު އެ ހަރުފަ އަަހަރެންގެ އަތާއި ދިމާލަށް އައީ. އަހަރެން އަނެއް އަތުން އޭތި ދުރަށް ޖައްސަން އުޅުނު. އަހަރެންގެ ސްޓާފުންނަށް ފެނުނު ވަގުތު އެ މީހުން ހީކުރީ އެއީ ވިހަގަދަ އެއްޗެއް ކަމަށް. އެ ހަރުފަ އަހަރެންގެ ގައިގައ ތިން ފަހަރު ދަތް އެޅި". ޚާން އާ ހަވާލާދީ އޭއެންއައި އިން ބުނެފައި ވެއެވެ.

މި ހާދިސާ ހިނގުމާއެކު އޭނާ ވަގުތުން ގެންދިޔައީ އެމްޖީއެމް ހޮސްޕިޓަލަށެވެ. އަދި އެ ހަރުފަވެސް އެވަގުތު ގެންގޮސް ޓެސްޓްތައް ހެދިއެވެ. އެއީ ވިހަގަދަ ނޫން ހަރުފައެއް ކަން އެނގުމުން، އޭނާގެ ގަޔަށް އިންޖެކްޝަން ޖަހާފައި ވެއެވެ.

އޭނާ ހޮސްޕިޓަލްގައި ހަ ގަޑިއިރު ވަންދެން އެޑްމިޓް ކުރުމަށްފަހު ދޫކޮށްލީ އާދީއްތަ ދުވަހުއެވެ. އަދި މިހާރު ހާލު ރަނގަޅު ކަމަށްވެސް އޭނާ ބުންޏެވެ.

ސަލްމާން ވަނީ އެނބުރި ގެއަށް އައިސް، އެ ހަރުފައާއެކު ފޮޓޯ ނެގުމަށްފަހު ހަރުފަ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. 🤔

    މި ހާދިސާ ހިނގުމާއެކު އޭނާ ވަގުތުން ގެންދިޔައީ އައިޖީއެމްއެޗް ހޮސްޕިޓަލަށެވެ.

    6
    1
  2. ރުމޭ

    ހާދަ ރަނގަޅޭ ސަލްމާން❤❤

  3. :-)

    ހަތަރު ފަހަރަކަށް ނޫންތަ؟ ފުރަތަމަ ލޫލިޔާ. ދެވަނައަށް އައިޝްވާރިޔާ. ދެން ކެޓްރީނާ. ދެން އެންމެ ނުރައްކާތެރި ހަރުފަ

  4. ހަރުފަ މައްމަ

    ދަތް އެޅިތަނުން ދެތިން ގަޑިއިރު ވޭން އަޅާފަ މަރުވީ ހަރުފަ އެވެ.