އިންސާނާގެ ހަށިގަނޑުގެ ތެރޭގައި އާދަޔާ ހިލާފު ކަންކަން ހިނގަމުން އަންނައިރު، ކުރަތްޕަކީ ވެސް އާދަޔާ ހިލާފު އެއްޗެކެވެ. އެއްޗެކެވެ. ހަށިގަނޑުގެ ތެރެއިން ކުރަތްޕެއް ފެނުން އެއީ ވަރަށް ގިނަ ބަޔަކު ބިރުން ތެޅޭނެ ވަރުގެ ވާހަކައެކެވެ.

މިއީ ހަށިގަނޑުގެ ގުނަވަނެއްގެ ތެރޭގައި ކުރަތްޕެއް ދިރިއުޅުނު މީހެއްގެ ވާހަކައެވެ.

ނިއުޒިލޭންޑުގެ އޮކްލޭންޑުގައި ދިރިއުޅެމުން އަންނަ އެ ފިރިހެން މީހާ ވަނީ ގިނަ ދުވަސް ތަކެއް މި ބިރުވެރި ކަމުގެ ތެރޭގައި އުޅެފައެވެ. އެވާހަކަ ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ އެންމެ ފުރަތަމަ ކަންފަތަށް އުނދަގޫވެގެން އުޅުމުން އޭނާ ހީކުރީ ފެން އެޅިގެން ބެދުނީ ކަމަށެވެ.

ނަމަވެސް އެވިސްނުން އެހެން ގޮތަކަށް ބަދަލުވެގެން ދިޔައީ ކަންފަތް ތެރެއިން އެއްޗެއް ތޮޅޭތީ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ޖެނުއަރީ 8 ވަނަ ދުވަހު ޑޮކްޓަރަށް ދެއްކީމަ ބޭސް ދީފައި ބުނީ، ބޯ ހިއްކާ އެއްޗަކުން ކަންފަތް ހިއްކާލުމަށް. އޭގެ ފަހުން އަނެއްކާ ވެސް އެހެން ޑޮކްޓަރަކަށް ދެއްކުމުން ބުނީ، ހީވަނީ ޓިއުމަރެއް އުފެދިފައި އޮތީ ކަމަށް. ފަހުން ބުނީ، ދިރޭ އެއްޗެއް ވެސް އުޅެފާނެ ކަމަށް" އޭނާ ބުންޏެވެ.

ދިރޭ އެއްޗެއް އުޅޭ ކަމަށް ބުނެ، ޑޮކްޓަރު ނެގިއިރު އޮތީ ކުރަތްޕެއް ކަމަށާއި އެކަން އެގޮތަށް ހިނގައި ދިއުމުން ވަރަށް ބަލިވި ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ހީކުރީ އިއާޑްރަމް ބޭރުވީހެން. ޑޮކްޓަރު ވެސް ބުނީ ދުވަހަކު ވެސް އެކަހަލަ ކަމެއް ނުދެކޭ ކަމަށް" އޭނާ ބުންޏެވެ.

އޭނާ ބުނީ، ތިން ދުވަސް ވަންދެން އޭނާގެ ކަންފަތް ހުރީ ބީރުވެފައި ކަމަށާއި ނަމަވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު