މަލައިކާ އަރޯރާއާއި އަރުޖުން ކަޕޫރު ގެ ގުޅުން ނިމުނު ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް މަލައިކާ ވެސް ރައްދު ދީފިއެވެ.

މީގެ ދެ ދުވަސް ކުރިން ދެކެވުނު މި ވާހަކަތަކަށް ރައްދު ދެމުން އަރުޖުން ވަނީ މަލައިކާއާއި އެކު ފޮޓޯއެއް ހިއްސާކޮށް އަދި ވެސް އެ ގުޅުން އޮތްކަން ހާމަ ކޮށްދީފައެވެ.

މަލައިކާ ވެސް އޭނާގެ އިންސްޓަގްރާމް ސްޓޯރީ ގައި ޕޯސްޓެއް ހިއްސާކޮށް އުމުރާއި ގުޅޭގޮތުން ހޭލުންތެރި ވުމަށް އެދިފައިވެއެވެ.

އުމުރުން 40 އަހަރުގައި ލޯބި ހޯދުމަކީ އާދައިގެ ކަމެއް ކަމެކެވެ. އުމުރުން 30 އަހަރުގައި އައު ހުވަފެންތައް ދުށުމަކީ ވެސް އާދައިގެ ކަމެކެވެ. އުމުރުން 50 އަހަރުގައި އަމިއްލަ މީހާ ދެނެގަނެ ދިރިއުޅުމުގެ މަގުސަދު ހޯދުމަކީ ވެސް އާއްމު ކަމެކެވެ. އުމުރުން 25 އަހަރުގައި ދިރިއުޅުން ނުނިމޭނެއެވެ.

މަލައިކާ ގެ މި ބަސްތައް ގިނަ ބަޔަކަށް ކަމުދިޔައެވެ. އުމުރު ކިތައްމެ މައްޗަށް ދިޔަ ނަމަވެސް ލޯބި ހޯދުމާއި އައު ހުވަފެންތައް ދުށުމާއި ދިރިއުޅުމުގެ މަގުސަދު ހޯދުމަކީ އާއްމު ކަންތައް ތަކެއް ކަމަށާއި އެ ކަންތައްތައް އެ ގޮތުގައި ބަލައިގަންނަން ޖެހޭނެ ކަމަށް މަލައިކާ ބުނެފައިވެއެވެ.

މަލައިކާ ގެ މި ޕޯސްޓު އަރުޖުންގެ އިންސްޓަގްރާމް ސްޓޯރީ ގައި ވެސް ހިއްސާކޮށް މި ދެ ލޯބިވެރިން ފާޑުކިޔާ، ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކަށް ރައްދު ދީފިއެވެ.

2019 ވަނަ އަހަރު ފެށުނު މި ގުޅުން އަދި ވެސް ދަނީ ކުރިއަށެވެ. މި އަހަރު މި ދެ ފަންނާނުން ކައިވެނި ކުރާނެ ކަމަށް ވެސް ރިޕޯޓް ތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަލައިކާ

    ކުޑައިރު ދިރިއުޅުމުގެ މަގުސަދު އަންގައި ނުދިނުން އެއީ މައިންބަފައިންގެ ފެއިލިއަރ އެއް

    7
    1
  2. Anonymous

    މިއީވެސް ޚަބަރެއްތަ ކޮއްމެދުވަހަކު މިދައިތާގެ ވާހަކަ ނޫހުގަޖަހަން؟؟މި ދައިތާ އަށްވުރެ އެތައްބޮޑުތަނުން އުމުރު ހަނގު ފިރިހެނަކާޢި ލޯބިވެގެންއަހަރުތަކެއް ހޭދަކުރާވާހަކައަށް މިގައުމުގެ ރައްޔިތުން އެހާޝައުގުވެރިކަން ދެނީތަ؟؟ ޅައުމުރުގެ ޒުވާން އަންހެނުންގެ ފޮނިމީރު ނުލިބި ލޮލަށް މިރުސް އެޅިފައިވާ ފިރިހެނުން މިގައުމުގަވެސް އެބަތިބި ތިކަހަލަ މުސްކުޅި އަންހެނުންނަށް ހެއްލިގެންތިބި، 40އަހަރުން މަތިވީމަ އެއްވެސްގޮތަކުން ނުބުނުވޭނެ ޒުވާނެކޭ،އެހެން ބުނުވަން އުޅުނަސް

    6
    8
  3. Anonymous

    ތައުރީފެއްގޮތައް ބަޔަކު މަލާމާތެއްކުރުންވެސް އެއީ ހަގީގަތަކަށް ވާނެބާ؟؟ ކިތައްމެވަރަކަށް މޫނުގަ ފުށްޖަހައި ރޫތައް ފޮރުވައިގެން ހުއްޓަސް ފާއިތުވާ ވަގުތެއްގައި ނުހިފެހެއްޓޭނެހެން 40އަހަރުން މަތީ އަންހެނަކާއި ޓީން އޭޖާއި 30 އަދި 35 އަރާއި ދެމެދު އުމުރުގެ އަންހެނަކާއި އުޑާއި ބިމާހާ ތަފާތުވަރު އިނގޭނީ ޒުވާން އަންބެއްގެ ފޮނިމީރު ލިބިގައިވާ ފިރިހެނަކަށް، ތިޔަ އަރުޖުންކަހަލަ ލޮލަށް އަންހެނަކު ނުދެކި ބީތާވެފައިވާ ފިރިހެނެއް ހުރެދާނެ

    7
    5
    • ކޭ

      ބަލަ ދިވެހިންހެނެއް ނުވާނޭ އެމީހުނެއް ޕެލްވިކް ކަސްރަތުތައް ގަވައިދުން ކުރަންޏާ އަށާރަ އަހަރުގެ އަންހެންކުއްޖެކޭ އެއްވެސް ތަފާތެއްނުހުންނާނެ އަދި ހޯމޯންތެރަޕީކިޔާ އެއްޗެއް ނާހަމުތަ.

      2
      2
  4. ވާދާހެޔޭ

    ދެން އެނޮނި ކިތަންމެ ނުރުހުނަސް އަރުޖުންވެސް އުޅޭނީ އޭނަ ގަޔާވާ އަދި ލޯބިވާ މީހަކާ އެކު ދޯ..އުމުރުގެ ތަފާތު ހުއްޓަސް އެކު އުޅެން ހުންނަ މީހާގެ މައްސަލައެއް ނެތިއްޔާ އެނިމުނީނު..އެބަޔަކު ދިރިއުޅުން ބައްޓަން ކުރާނެ ގޮތެއް އެނގޭނީ އެބަޔަކަށް..

    13
    1
    • ރަނާ

      ދުވަސްވީ މީހުނަށް ވަރަށް ފަސޭހަ އިން ޅަކުދިން އަތު އަޅުވާލެވޭނެޔޭ ބުނޭނު. ޢެއީ ފިރިހެނަކަށް ވިޔަސް އަންހެނަކަށް ވިޔަސް . ޢެގޮތަށްް މަލައިކާވެސް އަރުބާޒާ އިނދެގެން އުޅުނުއިރު އަރުޕިތާގެ ބޯއިފްރެންޑް ގެ ގޮތުގަ އަރުޖުން އެގެއަށް ގޮސް އުޅުނު އިރު މަލައިކާވެސް އަތު އަޅުވާލީ.

  5. ދަތްކާށި

    ދަތްހުރި ދުވަހު ކާށިކާންވާނޭނުދޯ އަރޯރާ

    3
    1
  6. Anonymous

    މަލައިކާ އަށް 49 އަހަރު އެކަމަކު ވެސް ހަމަ ޒުވާން! އުމުރަކުން ނެއް ނުން މުސްކުޅި ވަނީ ކީ.. މީހާގެ އުފެދުމުގަ ހުންނަ ޖީންސް ދެން ދިރިއުޅުމުގެ ސްޓައިލް އިން މުސްކުޅިވަނީ! އެހެން ނޫނަސް ކާކު ތަ 48 އހަރުގަ މުސްކުޅިވީ

    1
    1