އިނގިރޭސި ވިލާތަށް އުފަން ދެމަފިރިއެއްގެ ކައިވެންޏަށް 81 އަހަރު ވެއްޖެއެވެ. މިއީ މަދު ބަޔަކަށް ނޫނީ ނުލިބޭނެ އުފަލަކަށްވާ އިރު މި ދެމަފިރިންގެ އުމުރު ވެސް އުޅެނީ 100 އަހަރުން މަތީގައި ކަމަށްވެއެވެ.

ޔޫކޭގެ އެންމެ ދުވަސްވީ ދެމަފިރިންގެ ޝަރަފު ހޯދާފައިވާ 102 އަހަރުގެ ރޮން އާއި 100 އަހަރުގެ ޖޮއިސް ބޮންޑް ދިރިއުޅެނީ މިލްޓަން ކީންސްގެ ޝެންލީ ވުޑް ރިޓަޔާމަންޓް ވިލެޖްގައެވެ. ރޮން އާއި ޖޮއިސް ކައިވެނިކުރީ ޖެނުއަރީ 4، 1941 ގައި ބަކިންހަމްޝަޔަގެ ނިއުޕޯޓް ޕަގްނެލްގައެވެ.

ފާއިތުވި އަހަރު މި ދެމަފިރިންނަށް ވަނީ އޯކް އެނިވާސަރީ އާ ހަމައަށް އާދެވުމުގެ ސަބަބުން ރާނީގެ ފަރާތުން ލިޔުމުން ތަހުނިޔާއެއް ވެސް ލިބިފައެވެ. މިއީ ވަކި ވަރަކަށް އަހަރުވަންދެން ކައިވެނިކޮށްގެން އުޅުމުން ލިބޭ ޝަރަފެކެވެ.

ގިނަ އަހަރުތަކެއް ވަންދެން ކައިވެނިކޮށްގެން އުޅުމުގެ ނަސީބު ލިބުމުން މި ދެމަފިރިން ތިބީ ވަރަށް އުފަލުގައި އެވެ. އަދި އެކަމަށް މި ދެމަފިރިން ޝުކުރު އަދާކުރާ އިރު މިއީ މަދު ބަޔަކަށް ނޫނީ ނުލިބޭނެ ނަސީބެއް ކަމަށް މިދެމަފިރިން ބުނެއެވެ.

ރޮން އާއި ޖޮއިސްއަށް ދެ ދަރިން(އައިލީން އާއި ބިލާލް) ލިބިފައިވާއިރު މިހާރު އެ އާއިލާގައި އޮން އާއި ޖޮއިސްގެ ތިން މާމަ ކުދިން، ހަ މުނިމާމަ ކުދިން އަދި އެއް ހޫރުމާމަ ކިޔާ ކުއްޖަކުވެސް އެބަހުއްޓެވެ.

ކައިވެނިކުރިތާ 81 އަހަރު ފަހުންވެސް އެދެމީހުން އެކަކު އަނެކަކަށް ލޯތްބާއި އަޅާލުން ދޭކަން އެނގެނީ އެމީހުންނާއިއެކު ވަގުތު ހޭދަކުރުމުންނެވެ. އަދި މި ދެމަފިރިންނަކީ އެމީހުންގެ ކުދިންނާއި އަވަށްޓެރިން އަދި ރަހުމަތްތެރިންނަށްވެސް ވަރަށް ކަމޭހިތާ ދެ މަފިރިންކަން ފާހަގަ ކުރެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު