ބައެއް އާއިލާތަކުގައި އަންހެން ކުދިން މަދު އިރު، އެހެން އާއިލާތަކުގައި ފިރިހެން ކުދިން ވަރަށް މަދެވެ. އެއް އާއިލާއެއްގައި ޖީލަކަށް ފިރިހެން ކުދިން ނުވަތަ އަންހެން ކުދިން ނުލިބި ވެސް ދެއެވެ. މިއީ މިފަދަ ހާލަތެއް ކުރިމަތިވެފައިވާ އާއިލާއެކެވެ.
ލޯރީ ނަމަކަށް ކިޔާ މި އަންހެން ކުއްޖާ އަކީ އޭނާގެ ބައްޕަގެ އާއިލާ އަށް ފާއިތުވި 200 އަހަރުގައި ވެސް ލިބުނު ހަމައެކަނި އަންހެން ކުއްޖާއެވެ. ލޯރީގެ ބައްޕައަށް ވެސް ކާފަ އަށްވެސް އަދި މުނި ކާފައަށްވެސް އަންހެން ކުއްޖަކު ނުލިބެއެވެ. އަދި ލޯރީގެ ހޫރު ކާފަ އަށް ވެސް އަންހެން ކުއްޖަކު ނުލިބޭކަމަށްވެއެވެ.
މީލާ ލޯރީ އުފަންވެފައިވަނީ 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. މި އާއިލާއަށް އަންހެން ކުއްޖަކު އެންމެ ފަހުން ވެސް ލިބިފައި ވަނީ 1809 ވަނަ އަހަރުގައެވެ. އާއިލާގައި ތިބެނީ އެކި އުމުރުގެ ފިރިހެނުންނާއި ފިރިހެން ކުދިންނެވެ.
ލޯރީގެ އާއިލާގެ ހުރިހާ މެމްބަރުންވެސް ލޯރީދެކެ އިންތިހާއަށް ލޯބިވެއެވެ. އަދި ހާއްސަކޮށް ލޯރީގެ ބައްޕަ އާއި މަންމަވެސް ލޯރީދެކެ އިންތިހާއަށް ލޯބިވެއެވެ. ލޯރީގެ ބައްޕަ މާކް ލޯރީ އޭނާގެ ބައިވެރިޔާ ކައިރީ ފުރަތަމަވެސް ބުނީ އެ އާއިލާއަކަށް އަންހެން ކުއްޖަކު ނުލިބޭނެ ކަމަށެވެ. އެއީ ވަރަށް ނުވާކަމެއް ކަމަށް ލޯރީގެ މަންމަ ހަނާ ކައިރީ މާކް ބުންޏެވެ
އަންހެންކުއްޖަކު ލިބުމުގެ އެއްވެސް އުންމީދެއް ނެތި ތިއްބާ ހަނާގެ ބަނޑަށް 20 ހަފްތާވިފަހުން ހެދި ސްކޭނުން އެނގުނީ އޭނާ އިނީ އަންހެން ކުއްޖަކަށް ބަލިވެއިން ކަމެވެ. އެމީހުންނަށް އެކަން ޔަގީންކުރަންވެސް ދަތިވުމުން އަލުން ސްކޭން ހަދަންވެސް ޑޮކްޓަރު ކައިރީ އެދުނު ކަމަށް މާކް ބުނެއެވެ.
އެތައް ޖީލެއް ފަހުން ލިބުނު ފުރަތަމަ އަންހެން ކުއްޖާއާއެކު މި އާއިލާ އުޅެނީ ވަރަށް އުފަލުގައެވެ.
ސޫރަތުއް ސޫރާ 49 އަދި 50 ވަނަ އާޔަތް ބައްލަވާ.
ސޫރާއެއް ނޫން. ޝޫރާ