ބޮލީވުޑު ފިލުމު އިންޑަސްޓްރީގެ އިތުރުން ހޮލީވުޑު ފިލުމު އިންޑަސްޓްރީގައި ވެސް ފާހަގަ ކޮށްލެވޭ އެކްޓަރ ޢަލީ ފަޒަލް ޢުމުރާގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މައްކާއަށް ގޮސްފިއެވެ.

ޢަލީ ފަޒަލްގެ އިންސްޓަގުރާމު އެކައުންޓުގައި މައްކާގައި ނަގާފައިވާ ވީޑިއޯއެއް ހިއްސާކޮށް ބުނެފައިވަނީ މި އަޅުކަން އަދާކޮށްލަން ލިބުމަކީ އޭނާއަށް ލިބުނު ނިޢުމަތެއް ކަމުގައެވެ.

މައްކާއިން މަދީނާއަށްދާ މި ދަތުރަކީ ޝޫޓިންތައް ނިންމާލުމަށް ފަހު ކޮށްލަން އެންމެ ރަނގަޅު ކަމެއް ކަމަށާއި މިއީ ޢަލީއަށް އެތައް ގޮތަކުން ބަލާއިރު ވެސް ލިބުނު ނިޢުމަތެއް ކަމަށް މި ޕޯސްޓުގައި ބުނެފައިވެއެވެ.

ޢަލީގެ މި ޢުމުރާ ދަތުރު ހާއްސަ ކޮށްލަނީ އޭނާގެ މަންމައަށާއި މާމައަށެވެ. މަންމައާއި މާމަ ނެތުމުގެ ހިތާމަ އަބަދުވެސް ކުރެވޭނެ ކަމަށް ޢަލީ ލިޔެފައިވެއެވެ.

ޢަލީގެ ވަށައިގެން އުޅޭ އެންމެން، އާއިލާއާއި ރަހުމަތްތެރިންނާއި ހަމްދަރުދީ ބޭނުންވެފައިވާ ފަރާތްތަކަށް އަބަދުވެސް ޢަލީ ދުޢާ ކުރެއެވެ.

ޢަލީގެ މި ޢުމުރާ ދަތުރަކީ ދުވަހަކު ވެސް ގެއްލިގެން ނުދާނެ ފަދަ ބޭހެއް ކަމަށް ބުނެފައިވެއެވެ.

ޢަލީގެ މި ޕޯސްޓަށް އިންޑަސްޓްރީގެ ބައެއް ފަރާތްތަކުންނާއި ސަޕޯޓަރުން ކޮމެންޓް ކޮށްފައިވެއެވެ. މީގެތެރެއިން އެކަކީ ޢަލީގެ ލޯބިވެރިޔާ ބަތަލާ ރިޗާ ޗައްޑާއެވެ.

''ވަރަށް ރީތި. ތި އަޅުކަން އަދާކުރުމަށް ދެވުނީތީ އުފާކުރަން. ކޮށްދޭ ދުޢާތަކަށް ޝުކުރުވެރިވަން'' ރިޗާގެ ކޮމެންޓްގައި ލިޔެފައިވެއެވެ.

 

View this post on Instagram

 

A post shared by ali fazal (@alifazal9)

ޢަލީ ފަޒަލްއަކީ ރީތި ފިލުމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ ފަންނާނެކެވެ. ޢަލީ ކުޅެފައިވާ ބައެއް ފިލުމުތަކަކީ ''މިރުޒާޕޫރް''، ''ޚާމޯޝިޔާން''، ''ފުކްރޭ'' ފަދަ ފިލުމު ތަކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ ބުހައިރީ

    މައްޗާގުޅުން ބޮޑުކުރަން ދަނީ، ސޯޝަލް މީޑިއާ އާއި ގުޅުން ބޮޑުކުރަން ވަގުތު ތައް އިސްރާފު ނުކުރޭ!

  2. ކަރޯކޭ

    އެހާރީތި ހަށިގަނޑު އޮންނަ ފިރިހެނުން ދައްކައިގެން އުޅުނަސް މައްސަލައަކަށް ނުވޭދޯ އަންހެނެއްގެ ކަށިމަތިފެނުނަސް މައްސަލައެއް.

    1
    6