އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓްއިންގެ ތިންވަނަ ބުރިން ވައްޓާލި މީހަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ އުމުރުން 19 އަހަރުގެ އިންޑީޔާގެ ކޮއިބަޓޯރގެ އާރޓް އެންޑް ސައިންސްގައި ކިޔަވަމުން ދިޔަ އަންހެން ދަރިވަރެކެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓްއިންގެ އިޙްމާލުގެ ސަބަބުންނެވެ. މިމީހާ މަރުވެފައިވަނީ އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓްއިން ކުރިޔަށް ގެންދިޔަ އަލިފާން ނިއްވާ ޑްރިލްއެއްގައި އުމުރުން 19 އަހަރުގެ މިމީހާ ތިންވަނަ ބުރިން ވެއްޓުމުންނެވެ.

މިޑްރިލް އަކީ އަލިފާނުގެ ހާދިސާއެއް ދިމާވެދާނެ ހާލަތެއްގައި ޢަމަލު ކުރާނެ ގޮތް ދަސްކޮށް ދިނުމަށް ކުރިޔަށް ގެންދިޔަ ޑްރިލްއެކެވެ. އަދި މިމީހާ މަރުވެފައިވަނީ ތިން ވަނަ ބުރިން ސަލާމަތް ވާނެ ގޮތް ދަސްކޮށްދިނުމަށް އުޅުމުގެ ތެރޭގައި އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓްއިންގެ މީހަކު މިކުއްޖާ ކޮށްޕާލުމުން ވެއްޓިއެވެ.

މިމީހާ މަރުވެފައިވާއިރު، އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓްއިންގެ މިހަރަކާތަކީ ރެސްކިއު ސާވިިސްއާއި އިންޑިޔާގެ ފުލުހުންނަށް ނާންގާ ހިންގި އޮޕަރޭޝަންއެއް ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެއެވެ. މިމީހާ ކޮށްޕާލި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާއްމު ވެފައިވާއިރު، މަރުވި މީހާ ކޮށްޕާލި މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެހިރާއްޖޭ

    ކޮބާ ވީޑިއޯ