"މިއީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވުމަށް ފަހު ހެޔޮމަގު ފެނުނު ދިވެހި ޒުވާނެއްގެ ވާހަކައެވެ. މި ވާހަކައިގެ އަސްލު ނުގެއްލޭ ގޮތަށް އުނި އިތުރު ގެނެސްފައިވާނެއެވެ. އަދި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމަކީ އަސްލު ނަންނަމެއް ނޫނެވެ.".

ރަށު ސުކޫލުން ސާނަވީ ދައުރު ނިންމުމަށް ފަހު އަހަރެން މާލެ ބަދަލުވީ އިތުރަށް ތައުލީމު ހާސިލް ކުރުމުގެ ފޮނި އުންމީދުގައެވެ. އެގޮތުން މާލެ ބަދަލުވެ އެއިރު މާލޭގައި އެންމެ ނަން ހިނގާ އެއް ކޮލެޖަށް އަހަރެން ވަނީމެވެ. އަދި އެ ކޮލެޖުގައި ތައުލީމު ހާސިލް ކުރަން ފެށީމެވެ.

ކޮލެޖުގައި އަހަންނާއި އެއް ކިލާހުގައި ގިނައިން ތިބެނީ ފިރިހެން ކުދިންނެވެ. އޭގެ ތެރެއިންވެސް ގިނައީ ހަތަރުކަށިމަތި މާލޭ ކުދިންނެވެ. އެހެންކަމުން އަހަންނާއި އެކުވެރިކަން ބާއްވަނީ ވަރަށް މަދު ކުއްޖެކެވެ. އެހެނީ އެކުދިންގެ ނަޒަރުގައި ރާއްޖެތެރެއިން މާލެއަށް އަންނަ ކުދިންނަކީ ވަރަށް ދަށުދަރަޖައިގެ ބަޔަކަށް ވާތީއެވެ.

ކިލާހުގައި ތިބޭ ކުދިންގެ ތެރެއިން އަހަންނާއި އެކުވެރިކަން ބާއްވާ އުޅޭ މަދު ކުދިންގެ ތެރެއިން އެއްކުއްޖަކީ ނަސީމް އެވެ. ނަސީމް އަކީވެސް އަހަންނެކޭ އެއްފަދައިން އަތޮޅު ތެރެއިން މާލެ އައިސް އުޅޭ މީހެކެވެ. އެހެންކަމުން ނަސީމް އާއި އަހަރެން އަބަދުވެސް އުޅެނީ ވަރަށް އެކުއެކީގައެވެ. ގިނަ ދުވަސް ދުވަހު ކޮލެޖަށްވެސް ދާނީ އެކީގައެވެ. އެއީ ނަސީމް އުޅޭ ގެއާއި އަހަރެން ދިރިއުޅެމުން އަންނަ ގެއާއި އެއްހިސާބެއްގައި ހުރުމުގެ ސަބަބުންނެވެ.

ނަސީމް އަކީ ތަނަވަސް އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. އެހެންކަމުން ނަސީމް ދިރިއުޅެމުން އައީ ތަނަވަސް ދިރިއުޅުމެކެވެ. ނަސީމުގެ ފަރާތުން އެނގުނު ގޮތުގައި އޭނާގެ ބޭބެމެންނަކީ މާލޭގައި ނަން ހިނގާ ގޭންގް ތަކަށް ނިސްބަތްވާ މީހުންނެވެ. އެހެންކަމުން ނަސީމް ކޮލެޖުގައި އުޅޭއިރުވެސް އަދި މަގުމަތީގައި އުޅޭއިރުވެސް އުޅެނީ ވަރަށް ހަމަޖެހިގެން އެއްވެސް ބިރަކާ ނުލައެވެ. ފޮށުނު މީހަކާ ފޮށެމުން ރީތި ޒުވާން އަންހެން ކުދިންނަށް " ހޯއް" ގޮއްވަމުންނެވެ.

ނަސީމުގެ އުޅުން ހުންނަ ގޮތާއި އަހަރެން ހިތްހަމަ ނުޖެހުނަސް ދެމީހުންގެ މެދުގައި އުފެދިފައި އޮންނަ ގާތް ގުޅުމެއްގެ ސަބަބުން އަހަރެން އެކަން ނަސީމް އަކަށް ހާމައެއް ނުކުރަމެވެ. ނަސީމް އަކީ ރިސޯޓްތަކަށާއި ކެފޭތަކަށް ވަރަށް ގިނައިން ގޮސް އުޅޭ މީހެކެވެ. އަދި ބައެއް ފަހަރު ނަސީމް ކޮފީތަކަށާއި ރިސޯޓްތަކަށް ގޮސް އުޅޭއިރު އަހަރެން އަރިހުގައި ގެންދާނެއެވެ. އަދި ނަސީމްގެ ރަހުމަތްތެރިންނަށް އަހަރެން ތައާރަފްކޮށްދީ ހަދާނެއެވެ.

ނަސީމްގެ ގިނަ އެކުވެރިންނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންކަން އެމީހުންގެ އަމަލުތަށް ހުންނަ ގޮތުން ހާމަވެއެވެ. އަދި ބައެއްފަހަރު ނަސީމްގެ އަމަލުތަށް ހުންނަ ގޮތުން އޭނާއަކީވެސް މަސްތުވާ ތަކެތި ބޭނުން ކުރާ މީހެކޭ ހީވާ ކަހަލައެވެ.
ހުކުރުވިލޭރެއެވެ. އަހަރެނާއި ނަސީމްގެ އިތުރުން އޭނާގެ ރަހުމަތްތެރިންނާއި އެކު ކޮފީއަކަށް ދިޔައީމެވެ. އަދި ކޮފީގައި ތިބި އިރު ނަސީމްމެން ދައްކަމުން ދިޔައީ ކޮންމެވެސް ފައިސާއެއްގެ ވާހަކައެވެ. އަދި ޕެކެޓްތަކެއްގެ ވާހަކަވެސް ދެއްކިއެވެ. ވާނުވާ ނޭނގޭ ހާލުގައި އިރުކޮޅެއް އަހަންނަށް ހުރެވުނެވެ.

އަދި ފަހުން އަހަންނަށް ފަހުމްވިގޮތުގައި ނަސީމްމެން ދެއްކީ މަސްތުވާތަކެތީގެ ވާހަކައެވެ. އަދި އެންމެ ފަހުން ނަސީމްމެންގެ ތަނަވަސްކަމުގެ ފަހަތުގައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކަން އަހަންނަށް ކަށަވަރުވެ ޔަގީންވެއެވެ.

އަހަންނަކީ ވަޒީފާއަށް ދާމީހެއް ކަމަކު ވަޒީފާއިން ލިބޭ އާމްދަނީއިން ދިރިއުޅުމުގެ ހަރަދުތަށް ބެލަހައްޓެނީ ކިރިޔާއެވެ. ވުމާއި އެކު ފައިސާ ހޯދާނެ އިތުރު މަގެއް އަހަރެން ވިސްނީމެވެ. ވަގުތާއި ހާލަތު ނިޔާކުރި ގޮތުން އަހަރެންގެ ބަލިކަށި ބުއްދިއަށް އެވަގުތު އައި އެންމެ ރަނގަޅު ހިޔާލަކީ މަސްތުވާތަކެތީގެ ވިޔަފާރިއެވެ.

އެހެންކަމުން އަހަރެން ނަސީމް އާއި އެކު މަޝްވަރާ ކުރީމެވެ. އަދި ނަސީމް އާއި އެކު މަސްތުވާ ތަކެތީގެ ވިޔަފާރީގައި އަހަރެން ހޭބޯ ނާރާ އުޅެން ފެށީމެވެ. ގްރޫޕް ހަދާފައި ރާބުއިމާއި މަޖާކުރުމުގައި އަހަރެން ދުވަސްތަށް ހޭދަކުރަން ފެށީމެވެ. އުފަލާއި އަރާމުގައެވެ. ތަނަވަސްކަމުގައެވެ. ނަމަވެސް އެއީ ވަގުތީ ތަނަވަސްކަމެއްކަން އަހަންނަށް ވިސްނުނީ ނަސީމް މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ހިސާބުންނެވެ.

ނަސީމު މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރީ މާލެ އައި އައު ސްޓޮކް ކްލިއަރ ކުރަން އުޅުމުގެ ތެރޭގައެވެ. އެއިރުވެސް ފުލުހުންގެ އިންޓެލިޖެންސަށް ނަސީމުގެ މައުލޫމާތު ހިސާބަށް އެނގެއެވެ.

މަސްތުވާތަކެއްޗާއި އެކު ނަސީމް ހައްޔަރުކޮށް ނަސީމް އާއި އޭނާގެ ބޭބެމެން އިސްވެތިބެ ހިންގަމުން އައި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކް ފުލުހުން އަތުލައިގަތެވެ. އަދި އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަށް ހައްޔަރުކުރިއެވެ. ނަމަވެސް އަހަރެން ސަލާމަތް ވިއެވެ. އެއީ އަހަރެންގެ ނަސީބެވެ.

ނަސީމް ހައްޔަރުކުރި ދުވަސްވަރު އަހަރެން އުޅުނީ ބަލިވެއެވެ. އެހެންކަމުން އަހަރެން ކޮލެޖަށް ފިޔަވައި ގެއިން އެއްގޮތަކަށްވެސް ބޭރަށް ނުނިކުންނަމެވެ. ނަސީމް ހައްޔަރުކުރިކަން އަހަންނަށްވެސް އެނގުނީ ކޮލެޖުގެ ރަށްޓެއްސެއްގެ ފުށުންނެވެ.

ނަސީމް ހައްޔަރުކުރި އިރު އަހަރެންވެސް މިވަނީ މަސްތުވާތަކީގެ އަޅަކަށްވެފައެވެ. ބޭނުން ނުވިއެއްކަމަކު އެމަޅީގައި އަހަރެންގެ ކަރުވެސް ވަނީ ބެދިފައެވެ. އެހެންކަމުން މި ކަމުން ސަލާމަތްވާނެ ގޮތެއް އަހަރެން ވިސްނީމެވެ. ނަމަވެސް މީހެއް ގާތުގައި މިވާހަކަތަށް ހިއްސާކުރުމަށް އަހަރެން ފަސް ޖެހެއެވެ. އެއީ އަހަރެންވެސް ހައްޔަރުކޮށްފާނެތީއެވެ . އެހެނަސް މިއަދު އަހަރެން ބޭނުންވަނީ މިކަމުން ދުރުވާށެވެ. މަސްތުވާތަކެތިން ސަލާމަތްވެފައިވާ ޒުވާނަކަށް ވުމަށެވެ.

ވުމާއި އެކު އަހަރެން މިކަމުގައި، ކުރިން އަހަންނަށް ކިޔަވައިދިން މުދައްރިސެއްގެ ލަފާ ހޯދީމެވެ. އަދި މުދައްރިސްގެ ފުށުން އަހަރެން ރާއްޖޭގެ ދީނީ އިލްމުވެރިއަކާ ބައްދަލުވިއެވެ. ޝައިހް އަހަންނަށް ނަސޭހަތްތެރިވަމުން ބުނީ ކުށަކީ އިންސާނުންނަށް ކުރެވޭ އެއްޗެއް ކަމަށާއި ކުށެއް ކުރެވުމުން އެންމެ ރަނގަޅު ގޮތަކީ އެކުށް ތަކުރާރު ނުކޮށް އެކުޑަށް ތައުބާވުން ކަމުގައެވެ. އަދި އީމާންތެރިކަން ވަރުގަދަވެއްޖެ ނަމަ ކުށްތަކާއި ދުރުވާނެ ކަމުގައި ޝައިހް ބުންޏެވެ. ޝައިހްގެ ލަފާގެ މަތިން އަހަރެންގެ ގޯސް ދިރިއުޅުން ބަދަލުކުރަމުން އައީމެވެ. ނަމާދު ކުރުމާއި ހެޔޮކަންކަން ކުރުމުގައި ޝާމިލްވެ އުޅުނީމެވެ.

އަދި މަސައްކަތަށް ފަރުވާތެރިވެ ގަވައިދުން ކޮލެޖަށް ދާން ފެށީމެވެ. މާތް ﷲ ގެ ރަހުމަތްފުޅުން މިއަދު އަހަންނަކީ ކިޔަވައިގެން ހުރި ހަރުދަނާ ވަޒީފާއެއް އަދާކުރަމުން އަންނަ ޒުވާނަކީމެވެ. އަހަރެންގެ މާޒީގައި ކަޅު ލައްގަޑެއް ޖެހިފައިވިއެއް ކަމަކު އަހަރެން މިހުރީ އެ ލައްގަނޑާއި ހާސް މޭލު ދުރުގައެވެ. މަސްތުވާ ތަކެއްޗަކީ ވަބާއެކެވެ. އެއީ ހަންޖަރެކެވެ. އެހަންޖަރުން ތިމާމެންގެ ނަފްސުތަށް ކަތި ނުލާށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަޙުމަދު ޙަމީދު

    "ފެނޭބާ ބުރިޖު" މި ނަން ކިހިނެއް؟

  2. ހިދާ

    ނުލިބޭނެ އެއް ހިދާޔަތެއް ވެސް

    • ގަންޖާބޯ

      ކަލޭތީ ގަމާރެއްތަ؟ ހިދާޔަތް ލިބުނީމަ ނޫންތަ އޭނާ އެކަމުން ސަލާމަތްވީ؟

  3. ހަސަނު

    ކަޑަ

  4. އިކޫ

    ﷲ އިރާދަކުރެއްވި އަޅަކަށް ހިދާޔަތް ލިބޭނެ

  5. ދޮނާ

    ތީހަމަ ރާއްޖެތެރޭ މީހުން މާލެ އައިސް އުޅޭގޮތް......

  6. DHONA

    ތީހަމަ ރާއްޖެތެރޭ ކުދިން މާލެ އައިސް އުޅޭގޮތް.....

    • ދެބަހުން ނަން ލިޔާ މީހާ

      ކަލޭ ތީ ދެން ވަރަށް މޮޅު މީހެއް.

    • ލޮލް

      إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

  7. ވިގުދޮންބެ

    ކަލޯ މާލެ އޮންނަނީ ކޮންރާއްޖެ އެއްގަ

    • ހަހަހާ

      އަނެއް ދިވެހި ރާއްޖޭ ގަ... ދޯ... ލޮލް...

    • ރަށްރަށޭ

      ހީވަނީ ސިންގަޕޫރު ނުވަތަ ޖަޕާނު ކައިރީގަހެން އޮންނަނީ...އަދި ބައެއްފަހަރު ހީވޭ ޔޫރަަޕްގެ ގައުމެއްހެންވެސް.....

  8. ޙަޖަމް21

    Rajje therey bunaa iru rajje therey myhun Fenn varaa faahaana ahh vure kuda male myhun nidhaa room.

    • DHONA

      އެކަމުވެސް އެންމެން މާލޭގަ......ހެ ހެ ހެ.....

    • ޅޮލު

      ޙަހަހަހަހަހަ