ނޮލަން ސްޓްރޯންގް އަކީ އެމެރިކާއަށް އުފަން އުމުރުން ތިން އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާއަކީ ކެންސަރުގައި މިދުނިޔެ ދޫކޮށްފައިވާ ހިތްވަރުގަދަ ކުއްޖެކެވެ، އޭނާގެ ފަހު ނޭވާގައި ބުނި ޖުމްލައިން އެންމެންގެ ހިތްތަކަށް އަސަރުކުރުވާ އެންމެން ރޮއްވާފައި މިދުނިޔެއާ އަލްވަދާއުކީ ކުއްޖެކެވެ.

ނޮލަންއަށް އެއް އަހަރު ފުރުނުއިރު ނޭފަތުން ނޭވާލާން އުނދަގޫވާ މައްސަލަ ކުރިމަތިވާން ފެށިއެވެ. އާދައިގެ ކަމަކެއްކަމަށްބަލާ މައިންބަފައިން ކަމަށްވާ ރުތް އަދި ޖޯނަތަން އެކަން މާކަބޮޑު ކަމަކަށް ނުހެދިއެވެ. އެއިރު އެމީހުން ހީކުރީ އެއީ މާބޮޑަށް ފިނިބޮޑުވުމުންވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް ދުވަސްތަށް ފާއިތުވަމުން ދިޔަ ވަރަކަށް ނޮލަންގެ ހާލަތު ދިޔައީ ގޯސްވަމުން ދިއުމާއެކު ކޮންމެވެސް ނުބައެއް އުޅޭކަން ނޮލަންގެ މައިންބަފައިންނަށް އިޙްސާސްވިއެވެ ޑަކްޓަރަށް ކޮންމެދުވަހަކު ދެކޮޅަށް ހިނގާ، އެދިން ހުރިހާ ޑަކްޓަރީ ބޭހެއް ކޭއިރުވެސް ނޮތަންއަށް ލުޔެއް ނުލިބުނެވެ. އެންމެން ފަހުން ޑަކްޓަރުން ނީންމީ ނޮލަން އަށް ނުރައްކާތެރި އަދި މަދު މީހަކަށް ނޫނީ ނުޖެހޭފަދަ ކެންސަރުގެ ބާވަތެއް ކަމަށްވާ ރްހަބޮޑަމީއޮސާކޯމާ ޖެހިފައިކަމަށެވެ.

ނޮލަންއަށް ޖެހިފައިވާ ކެންސަރަކަށް އެކިއެކި ފަރުވާދިން ކަމުގައިވިޔަސް ކެންސަރުން ސަލާމަތްވާނެ ގޮތް ވަނީ ނުވެފައެވެ. ދުވަހަކަށްވުރެ ދުވަހެއް ނޮލަންގެ ހާލު ދިޔައީ ދަށްވަމުންނެވެ. އެންމެ ފަހުން ނޮލަންގެ ހަށިގަނޑުގެ ހުރިހާ ބަޔަކަށް ކެންސަރު ފެތުރުނެވެ. އެކަމުގެ ސަބަބުން ނޮލަން ހަސްފަތާލުގައި އެނދުމަތިކުރެވުނެވެ. އެއީ ނޮލަންގެ ކުރު ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅެވެ. ހޮސްޕިޓަލަށް ނޮލަން ގެންދިޔަ ފަހުން ދުވަސްތަކެއް ވަންދެން އެއްވެސް ހަރު އެއްޗެއް ނުކައި ހުރި ކަމަށް އޭނާގެ މަންމަ ރުތް ބުނެފައިވެއެވެ. އަދި ނޮލަން އެއްޗެއް ނުކައި ހުރީ އޭނާއަށް އަޅާ ވޭނެއްގެ ސަބަބުން ކަމަށްވެސް މަންމަ ރުތް، ގިސްލަމުން ކިޔާދީފައިވެއެވެ

ހަސްފަތާލުގައި ނޮލަން އެނދުމަތިކުރެވުނުތާ މާގިނަ ދުވަހެއް ނުވެ ނޮލަން ސަލާމަތްވާނެ ކަމުގެ އުންމީދު ޑަކްޓަރުން ކަނޑާލިއެވެ.

އެއީ ނޮލަންގެ މަންމަ ރުތް އަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. އެއީ އެއްވެސް މަޔަކު އެމީހެއްގެ އުފަން ދަރިއެއް ގެއްލިދާން ނޭދޭނެތީއެވެ. ނޮލަން މަރުވިދުވަހު ހަސްފަތާލުގައި ކަންތަށް ވިގޮތް ރުތް ވަނީ އޭނާގެ ފޭސްބުކް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ހާމަކޮށްފައެެވެ. އެޕޯސްޓްގައިވާ ވާހަކަތަށް ތިރީގައި އެވަނީއެވެ.

" އަހަރެން ނޮލަންކައިރީގައި އިށީންދެ އިދެ ނޮލަން އާއި ހަތަރުކަޅި ހަމަކުރުމަށްފަހު ބުނީމެވެ."

އަހަރެން: ޕޫޓް.. ނޭވާލާން އުދަނގުލެއް ނުވޭތަ؟

ނޮލަން: މްމްމް ލައްބަ. ނުވޭ

އަހަރެން: ދަރިފުޅުގެ ހަށިގަނޑުގައި ވަރަށް ވޭން އަޅާނެ. ނޫންތަ؟

ނޮލަން: ( ތިރިއަށް ބަލާލުމަށްފަހު) ލައްބަ،

އަހަރެން: ދަރިފުޅާ.. މި ކެންސަރު ބައްޔަކީ ބޮޑު މުސީބާތެއް.އެކަމަކު ދެން ދަރިފުޅު މި ބައްޔާއި ހަނގުރާމަ ކުރާކަށް ނުޖެހޭނެ.

ނޮލަން:ނުޖެހޭނެތަ؟ އެކަމަކު މަންމައަށްޓަކައި އަހަރެން މި ބައްޔާއި ހަނގުރާމަ ކުރާނަން.

އަހަރެން: އެއީތަ ދަރުފުޅު ތިކުރާ ކަމަކީ؟

ނޮލަން: ލައްބަ،

އަހަރެން: ދަރިފުޅާ .ކޮބާ މަންމަގެ ވަޒީފާއަކީ؟

ނޮލަން: އަހަރެން ސަލާމަތުން ބެހެއްޓުން

އަހަރެން: މަންމަގެ ދޫނިގަނޑާ.. މަންމައަށް މިދުނިޔެ މަތީގައި ތިކަން ވާކަށް ނެތް. މަންމައަށް ދަރިފުޅު ސަލާމަތުން ބެހެއްޓެނީ އާޚިރަތުގައި..

ނޮލަން: އެހެންވިއްޔާ އަހަރެން އާހިތަރަށް ދާނީ.. މަންމަ އަންނާނަމެއްނު އަހަރެން ކައިރިއަށް. ދޯ މަންމާ..

އަހަރެން: ޔަގީނެއްނު. މަންމަ އަންނާނަން ދަރިފުޅު ކައިރިއަށް..

މަތީގައި އެވަނީ ނޮލަންއާއި އޭނާގެ މަންމަ ރުތް ނޮލަން މަރުވި ދުވަހު އެންމެ ފަހުން ދެއްކި ވާހަކަތަކެވެ. ނޮލަން އޭނާގެ މަންމައާއި ދެމެދު އިސްވެދިޔަ ވާހަކަތަށް ދެކެވުނުތާ މާގިނައިރެއް ނުވެ ނޮލަން މަރުވިއެވެ. އަދި އޭނާ މަރުވަމުން މަންމަގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓާ ފުން ނޭވާއެއް ލުމަށް ފަހު މަންމަ ދެކެ ވަރަށް ލޯބިވާ ކަމަށް ބުންޏެވެ. ކޮންފަދަ ކެތްތެރި ކުއްޖެއް ތޯއެވެ. ފަހު ބަހަކަށްވެސް އެބުނީ މަންމަ ދެކެ ލޯބިވާ ވާކައެވެ.