އެތައް ބައެއްގެ ހިތްތައް އަތުލަމުން ދިޔަ ބޮލީވުޑްގެ މެގަ ސްޓަރ ސްރީދޭވީގެ ހަށިގަނޑު އިންޑިއާގެ މުމްބާއިއަށް މިއަދު ގެންދާނެކަމަށް އިންޑިއާގެ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އިންޑިއާ ނޫސްތައް ބުނާގޮތުގައި، ސްރީ ދޭވީ މަރުވީ ދުބާއިއަަށް އާއިލާ މީހެއްގެ ކައިވެނީގެ ހަފްލާއަކަށް ގޮސް ހުއްޓާއެވެ. ސްރީ ދޭވީ މަރުވީ ފާހަނަތެރެއަށް ފެއިންޓްވެގެންނެވެ. އެވަގުތު އޭނާ ހުރީ ޖުމޭރާ އެމިރޭޓް ޓަވަރުގައި އާއިލާއާ އެކުގައިކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިގެން ސްރީ ދޭވީ މަރުވީ އޭނާ ހޮސްޕިޓަަލަށް ގެންދިޔުމުގެ ކުރިން ފަރުވާ ދިނުމުގައި ހަރަކާތްތެރިވަމުންދިޔަ ޓީމުގެ ފަރުވާ ކުޑަކަމުންކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓް ކުރިނަމަވެސް އެކަން އެއްވެސް މީހަކަށް ޔަގީންކޮށެއް ނުދެވެއެވެ. ސްރީ ދޭވީ މަރުވީ ހޮސްޕިޓަލަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ސްރީ ދޭވީ ޕޯސްޓްމޯޓަމް ވަނީ ހަދާފައެވެ. އޭގެ ނަތީއްޖާ ލިބުނުހާ އަވަހަކަށް އޭނާ މަރުވީ ކިހިނެއްކަން އިނގޭނެެއެވެ.

ސްރީ ދޭވީގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މިއަދުގެ ވަގުތެއްގައި ޕްރައިވެޓް ޖެޓެއްގައެވެ. އެއީ އޭނާގެ ހަށިގަނޑުގެ ފޮރެންސިކް ރިޕޯޓްތައް ލިބުމުން ކަމަށް ވެއެވެ.

ސްރީ ދޭވީއަކީ މީގެ 50 އަހަރު ކުރިން ފަށައިގެން އެތައް ބައެއްގެ ހިތްތައް އަތުލަމުން އައި ފަންނާނެކެވެ. އޭނާގެ މަރުގެ ހަބަރާއެކު ބޮލީވުޑްގެ އެތައް ތަރިއެއް މީސް މީޑިޔާ މެދުވެރިކޮށް ދަނީ ހިތާމަ ފާޅު ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުރީދޭވީ

    މިއީ އަޅެ ވަރުގަދަ ސުރީ ދޭވީއެއްނޫން. މިދުނިޔޭގެ ކަންކޮޅުތަކުގާ މަރަމުންދާ ކުށެއްނެތް މުސްލިމުންގެ ވާހަކަތައް ތިހާ ތަފުޞީލުކޮށް ނުގެނެސްދެނީ ކީއްވެގެންތަ؟ އަހަރެމެންނާ ދެންކޮންކަމެއް!!!!!!