ފޮޓޯއިން އެއްޗެހި ހޯދުމަކީ ގިނަ ބަޔަކު ޝައުގުވެރިކަމާއެކު ކުރަމުން އަންނަ ކަމެކެވެ.

އެގޮތުން މަތީގައި ވެސް އެވަނީ ހަމަ އެފަދަ ފޮޓޯގަނޑެކެވެ. ގަސްބޯ ސަރަހައްދެއްގައި ލަކުޑިތަކެއް ބަހައްޓާފައި ހުރި އިރު، އެތަނުން ނިދާފައިވާ ބުޅަލެއް ފެންނާނެއެވެ. މި ފޮޓޯއިން ނިދާފައިވާ ބުޅާ ފެނިފައިވަނީ މަދު ބަޔަކަށެވެ.

އެއީ ލަކުޑިތަކާއި ދާދި އެއް ކުލައެއްގައި އޮތް ބުޅަލެކެވެ. ލަކުޑިތަކުގެ މަތީގައި އޮށޯވެލައިގެން ނިދާފައި އެ ބުޅާ އޮތްއިރު، އެސޮރު ފެންނާނީ ވަރަށް ކަމާވެގެން އޮތް ތަނެވެ.

މި ފޮޓޯއިން ބުޅާ ހޯދަން މަސައްކަތް ކުރި މީހަކު ބުނެފައިވަނީ، ބުޅާ ހޯދަން ވެގެން އެތައް އިރެއް ވަންދެން ފޮޓޯގަނޑަށް ބަލަހައްޓައިގެން އިންނަން ޖެހުނު ކަމަށެވެ. އަދި އެހެން މީހަކު ބުނެފައިވަނީ ފޮޓޯގަނޑަށް ބަލައި، އަމިއްލައަށް ބުޅާ ނުފެނުމުން ފޮޓޯ ޝާއިއުކޮށްފައިވާ ޕޯސްޓުގެ ކޮމެންޓުތައް ކިޔައި، ފޮޓޯއިން ބުޅާ ހޯދަން މަސައްކަތް ކުރި ކަމަށެވެ.

އެ ބުޅާ އޮތީ މެދުގައި ހުރި ލަކުޑިތަކުގެ އެންމެ މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަންތިރި

    އެންމެ މައްޗަކު ނޫން އޮތީ. އެންމެ މަތީ ލަކުޑި ފަޅީގެ ތިރީ ބަރީގެ މަތީގަ ބުޅާ އޮތީ

  2. ދޮންތި

    މެދުގަ ބަހައްތާފަި ހުރި ދަރުތަކުގެ އޮށޯވެލަގެން އެއޮތީ

  3. ބޮލުގައިރިއްސާ

    ދެން އެހެން މީހަކު ބުނެފާނެ މޭގައިން ފަސް ބުޅާ ފެންނަވާހަކަ...

  4. ާއާދިލް( ދާމިސް )

    ބުޅާ އެއޮތީނޫންހޭ... މެދު ހުރި ދަރުތަކު ތެރޭން ، އެންމެ މަތިން ދެވަނަ ސްޓެޕްގަ.

  5. އައިމޯ

    ފޮޓޯގެ ވައަތް ފަރާތު ( ފޮޓޯ އަށް ބަލާމީހާގެ ) ކަނުގެ އޮތް ވަކަރު މަތީގައި ބުޅާ އިނީ

  6. މޯދީ

    ފަރިހާއަށް ނުފެނިގެންތަ އަހަރުމެން ގާތު ތިބުނަނީ ބުޅާ ހޯދާށޭ. މަށެއް ނޫޅެން ބުޅާ ހޯދާކަށް.

    1
    1
  7. މުސްލިމް

    ކީއްވެ ހޭ މަށަށް ނުފެންނަނީ