އިންޑިއާގެ އާނަންދް ޑިސްޓްރިކްޓްގެ ހަތަރު ސަރަހައްދެއްގައި އުޑުމަތިން ދަގަނޑު ބިޔަ ބޯޅަތަކެއް ވެއްޓިއްޖެއެވެ. ސްޕޭސް އިން ވެއްޓުނު ކަމަށް ބެލެވޭ މި ބައިތައް ވެއްޓިފައިވަނީ ބަލޭޖް، ޚަމްބޮލާޖް އަދި ރާމްޕޫރާގައަށެވެ. މިކަމާއި ގުޅިގެން އެ އަވަށު މީހުން ތިބީ ބިރުން ކަމަށް ވެއެވެ.

އެކަމާއި ގުޅިގެން ބިރުން ތިބި ވިލެޖުގެ މީހުން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވެއެވެ. އަދި އެކަން ހިނގާދިޔަ ގޮތް ބެލުމަށް އެ ތަނަށް ދިއުމަށްފަހު، ފުލުހުން ވަނީ ފޮރެންސިކް ސައިންސް ލެބޯޓްރީ (އެފްއެސްއެލް) ގެ ތަޖުރިބާކާރުންގެ އެހީއަށް އެދިފައެވެ.

ގާތްގަނޑަކަށް ފަސް ކިލޯ ބަރުދަނުގައި ހުރި ފުރަތަމަ ބޮޑު އެ ބޯޅަ ބަލެޖް އަށް ވެއްޓުނީ ހަވީރު 4:45 ހާއިރު އެވެ. އެއަށްފަހު ޚަމްބޮލާޖް އާއި ރާމްޕޫރަށް އިތުރު ބޯޅަތަކެއް ވެއްޓުނެވެ. މިއިން ކޮންމެ ބޯޅައެއްވެސް އެކަތި އަނެއްޗާއި 15 ކިލޯމީޓަރުގެ ދުރުމިނެއް ހުރި ކަމެއް ވެއެވެ.

އާނަންދް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޖިތު ރާޖިޔާން އާ ހަވާލާދީ ދަ އިންޑިއަން އެކްސްޕްރެސްނޫހުން ބުނީ ފުރަތަމަ ބޯޅަ ވެއްޓުނީ ހަވީރު 4.45 ހާއިރު ކަމަށާއި އޭގެ އިރުކޮޅެއް ފަހުން އިތުރު ދެ ތަނަކަށް ވެސް އެފަދަ ބޯޅަތަކެއް ވެއްޓިފައިވާ ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ.

"ނަސީބަކުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައެއް ނުވޭ. މިއީ ކޮން ކަހަލަ ސްޕޭސް ކުނޑިތަކެއްކަން އަދި ޔަގީން ނުވި ނަމަވެސް މިއީ ވިލެޖުގެ މީހުންގެ ވާހަކަތަކަށް ބަލާއިރު އުޑުން ވެއްޓިފައިވާ އެއްޗެހިތަކެއް".

މީގެ ކުރިން މަހަރަޝްތްރާއަށްވެސް ޖައްވުން މިފަދަ އެއްޗެހިތަކެއް ވެއްޓިގެން ރިޕޯޓްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އަލީ ހދ ކުޅުދުއްފުށިން ވިދާޅުވަނީ

  ހުރިހަލާކެއްގެ ބޮޑުކަމާ އޭރުވެސް ބުނިން އިންސާނުންގެ އޮރިޔާން ފޮޓޯ ޖައްވުގަ ނުބަހައްޓާށޭ މިހާރު ހުރިހާ އަންހެން އޭލިޔަނުން ބިސްއަޅަންއެފެށީ އަވަހައް ފޮޓޯތައް ބިމައްބާލާ

  32
  1
  • ތާމޯސް

   އޮރިޔާން ފޮޓޯ ފޮނުވީމަ އޭލިއަނުންގެ އާބާދީ އިތުރުވަނީކަމަށް ފެނޭ.

   24
 2. Anonymous

  ދެން އަނެއްކާ ތިޔައަށް އަޅުކަންކުރަން ނުފަށައިފިއްޔާ ވެއްޖެ

  45
  1
 3. Anonymous

  ހީރޯޝީމާއަށް ވެސް އުޑުން ވެއްޓުނީ ދަގަނޑު އެއްޗެއް. ވެއްޓި އޭތި ގޮވައި އެތައް މިލިއަން ބަޔަކު މަރުވެސްވި...ހެހެހެހެހެހެ

  22
  3
 4. ހުސޭނުބޭ

  އިންޑިޔާ މީހުން ވަރަށް މޮޅުވާނެ ފުލޯކު ވާހަކަ ހަދަހަދައިގެން ދައްކަން. މީގެ 15 އަހަރު ކުރިން އެމީހުން ފެން އެކަނި ބޭނުންކޮށްގެން ހިންގޭ އިންޖީނެއްވެސް އުފެއްދިޔޯ

  21
 5. އޭލިޔަން

  އޭލިޔަންތައް ބަށި ކުޅެނިކޮށް ކޯޓުން ބޭރަށް ދިޔަ ބޯޅަތަކެއް ތީ

  15
  3
 6. ސެންޗޯ

  އިންދިއާގެ އާބާދީގެ 75 ޕަސެންޓު މީހުންނަކީ މޮޔައިން އޭގެތެރޭގައި މޯދީވެސް ހިމެނޭ

  26
  2
  • މޮޔަނިމޮސް

   އަނެއް 25 ޕަރސެންޓް ރަނގަޅު ވީކަމީ އަހރެމެނގެ ނަސީބު

 7. މުޙައްމަދު

  ތިވާނީ އޭލިޔަނުން ކުޅެމުންދިޔަ ފުޓްބޯޅަ މެޗްގެ ހިލޭޖެހުމަކުން ދަނޑުގެ ފެންސް ފަލާފަ އައި އެއްޗެއް ކަމަށް.

 8. Kesto

  Kaleymen kuhdinge kiyaa ehcheh ballee hama