ސާޅީސް ހަތަރު ބިލިއަން ޑޮލަރަށް އީލޮން މަސްކް ޓުވިޓާ ގަންނަން ނިންމި ނިންމުން މަޑުޖައްސާފައި ވަނިކޮށް "މިހާރު ޓްވިޓާ ގަންނަން ޖެހިދާނެ" ކަމަށް ބުނެ ސްނޫޕް ޑޯގް ވާހަކަ ދައްކައިފިއެވެ.

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ، ސްނޫޕް ޑޯގް، އަސްލު ނަމުން ނަމަ ކެލްވިން ކޮރްޑޯޒާރް ބްރޮޑްސް ޖޫނިއާ، މަލާމާތުގެ ރާގެއްގައި ކުރި ޓުވީޓެއްގައި ބުނީ އޭނާ ޓުވީޓާ ގަތުމަށް ފަހު ކޯނަރ ފިޝް ފްރަޔާ، ޓޮމީ ޗުންގް ފަދަ ފަރާތްތައް ވަކިކޮށް ޑިރެކްޓަރުންގެ ބޯޑު ބަދަލުކުރާނެ ކަމަށެވެ.

ސްނޫޕް ބުނީ އޭނާ ވަގުތުން ކޮންމެ މީހަކަށް ވެސް ބްލޫ ޗެކްމާކެއް ދޭނެ ކަމަށެވެ.

އުމުރުން 50 މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ބުނީ އޭނާގެ 'ފަސްޓް ލައިން އޮފް ބިޒްނަސް' އިން މަތިންދާބޯޓުތަކުގައި ހިލޭ އިންޓަނެޓް އަޅާނެ ކަމަށެވެ.

އޭނާ އެގޮތަށް ބުނެފައި މިވަނީ ޖޭއެސްއެކްސް އެއާލައިނުން އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އިއުލާނުކުރި "ސްޓާލިންކް" އިން ކުރިއަށް އޮތް އަހަރު ތެރޭގައި އެމީހުންގެ މަތިންދާބޯޓުތަކުގައި އިންޓަނެޓް ބޭނުން ކުރާނެ ކަމަށް ބުނުމުން އެއަށް ޖޯކު ޖަހައެވެ.

މީސްމީޑިޔާގެ މަޝްހޫރު މި ޕްލެޓްފޯމް ގަތުމާ މެދު ސްނޫޕް ޑޯގް ސީރިއަސްކޮށް ވިސްނާނަމަ، ލަވަކިޔުންތެރިޔާގެ ހުށަހެޅުން މަސްކްގެ ހުށަހެޅުމަށް ވުރެ އެތައް ގުނައެއް ދަށަށް ދާނެ ކަމަށް ބެލެވެއެވެ. އެއީ އޭނާގެ މިލްކިއްޔާތުގައި 150 ބިލިއަން ޑޮލަރު ހުރި އިރު މަސްކުގެ މިލްކިއްޔާތުގައި 240 ބިލިއަން ޑޮލަރު ހުރުމުން އަގަށް ތަފާތުތަކެއް އަންނާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިމާދް

    ލޮލް، ދެރުފިޔާ ބައި ހިފައިގެން ގަނެވޭނީ ކިއްލި ގޮއްޓެއް

    2
    2