ކޮވިޑް-19ގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލުނެވެ. އެކަމަކު އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މައިންގެ ޕަސަދުމްކެގް ޓައުންގައި މަސައްކަތް ކުރާ އެންމެ މުވައްޒަފަކު ވަޒީފާއިން ވަކި ވުމުން އެ އަވަށް ހުއްޓުމަކަށް މި ވަނީ އައިސްފައެވެ. ވަޒީފާއިން ވަކިވީ އެ އަވަށުގެ ޕިޔޯނެވެ.

ބަންގޯރް ޑެއިލީ ނިއުސްއިން ރިޕޯޓްކުރާ ގޮތުގައި ކްރިސްޓެން ބޯޗާޑް ޕަސަދުމްކެގް ޓައުން ޕިއޯންގައި ގޮތުގައި ގުޅިފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭނާގެ ފުރަތަމަ މަސައްކަތަކަށްވީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އިންތިހާބުގެ ކަންކަން ބެލެހެއްޓުމެވެ. އެކަމަށް އޭނާ ތަމްރީނުވެސް ކުރިއެވެ.

އޭގެ ފަހުން އޭނާ އުޅުނީ އެ އަވަށުގެ އެކި ކަންކަން ބެލެހެއްޓުމުގައެވެ. އެގޮތުން ޑެޕިޔުޓީ ހަޒާންދާރުގެ ގޮތުގައި މަސައްަތް ކުރިއެވެ. އަދި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކުގެ ލައިސެންސް ކަންކަން ބަލަހައްޓަމުންދިޔައީ އޭނާގެ ބެލުމުގެ ދަށުންނެވެ. އޭގެ އިތުރުން ވެހިކަލް ރެޖިސްޓްރީ ކުރުމާއި، ވައިޓަލް ރެކޯޑްސް ބެލެހްޓުމާއި، އިތުރު ގިނަ ޒިންމާތަކެއް އޭނާ ހަވާލުވިއެވެ.

އެކަމަކު އޭޕްރިލް ހަތް ވަނަ ދުވަހު އޭނާ ވަނީ ވަޒީފާއިން ވަކި ވާން ހުށަހަޅާފައެވެ. އެއީ އެ އަވަށުގެ މެނޭޖްމެންޓުން އޭނާއަށް ދެ ހަފްތާގެ ޗުއްޓީއެއް ދޭން އެއްބަސް ނުވުމުންނެވެ. އެއީ އޭނާގެ ޒިންމާތައް އެ ދެ ހަފްތާގައި އަދާ ކުރާނެ އިތުރު މީހެއް ނެތުމުން އޭނާއަށް ޗުއްޓީ ނުދިނީއެވެ.

ބޯޗާޑް ދިއުމުން، އެ އަވަށުގައި ވެހިކަލް ރަޖިސްޓްރީ ދޫކުރުމާއި، ގެދޮރު ނުވަތަ ވިޔަފާރިތައް އިންސްޕެކްޓް ކުރުމާއި، ޕްރޮޕަޓީތައް އެސެސް ކުރުމާއި، ގޯނާ ކުރާ ޖަނަވާރުތަކުގެ ރިޕޯޓްތަކަށް އިޖާބަ ދިނުމުގެ ކަންކަން ނުބެލެހެއްޓޭނެއެވެ.

އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ޓައުން އޮފީހުން ޕޯސްޓްކުރި ގޫގުލް ރިވިއުއެއްގައި ބުނެފައި ވަނީ "21 އޭޕްރީލް 2022 އާ ހަމައަށް، އެ އަވަށުގައި އެ މަގާމު ފުރާނެ ޕިޔޯނެއް ނުހުންނާނެ ކަމަށެވެ.

އޭގެ މާނައަކީ ވަކި އެއްޗެއް އަންގަންދެން އޮފީސް ބަންދުވާނެ ވާހަކައެވެ.

"ނިއުސްވީކް" ގެ ރިޕޯޓުގައި އިތުރަށް ބުނެފައިވާގޮތުގައި، އެ މަގާމު ކުރިމަތިލުމަސް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން އެ އަވަށު އޮފީހުގެ ވަޒީފާ ބޯޑުތަކުގައި އިޝްތިހާރު ކޮށްފައިވާ ކަމަށް ވެއެވެ.

އެ އަވަށު އޮފީހުގެ އެހެން މުވައްޒަފެއް ކަމަށްވާ ހަޒާންދާރު ބާބަރާ ބޮޔަރ ކޮންމެ ހަފްތާއަކު ދެދުވަހު އޮފީހަށް އާދެއެވެ. ނަމަވެސް ވެހިކަލް ރަޖިސްޓްރޭޝަން ދޫކުރުމާއި އެނޫންވެސް ޒިންމާތައް އޭނާ އަދާ ނުކުރެއެވެ.

ޕަސަދުމްކެގްއަކީ އެމެރިކާގެ މެއިންގައި ހުންނަ ޕެނޮބްސްކޮޓް ކައުންޓީގެ ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު