އެމެރިކާގެ ފްލޮރިޑާ ބައުންޑް ފްލައިޓެއް ކަަމަށްވާ ފްރޮންޓިއާ އެއާލައިންގެ ތެރެއަށް ވިހެއި ކުއްޖަކަށް "ސްކައި"ގެ ނަމުން ނަން ދީފިއެވެ. އެ އެއަލާއިންގެ ފްލައިޓެއް ދަތުރު ކުރަމުންދަނިކޮށް، އެ ފްލައިޓް ތެރެއަށް މީހަކު ވިހާފައިވާ ކަމަށް އެ އެ އެއާލައިނުން ވަނީ ފޭސްބުކްގައި އިއުލާނު ކޮށްފައެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ ޑެންވަރ އިން އޯލަންޑޯއަށް ދަތުރުކުރަމުން ދަނިކޮށް މާބަނޑު ފަސެންޖަރަކު ބަނޑުގައި ރިއްސަން ފެށި ކަމަށެވެ. އަދި ފްލައިޓް އެޓެންޑެންޓެއް ކަމަށްވާ ޑަޔާނާ ގިރާލްޑޯ އެ އަންހެން މީހާ ގޮވައިގެން ލެވަޓަރީއަށް ގޮސް، ވިއްސުވައިދިނުމަށް އެހީތެރިވެދިން ކަމަށް ބުނެފައި ވެއެވެ.

އެ އެއާލައިންގެ ކެޕްޓަން ކްރިސް ނައި، ޑަޔާނާ ގިރާލްޑޯގެ ހިތްވަރުގަދަ މަސައްކަތަށް ތައުރީފްކޮށްފައެވެ. އޭނާ ބުނީ އެއީ ނަމޫނާ މަސައްކަތެއް ކަމަށެވެ.


"ހުރިހާ ކްރޫންވެސް އަސްލު ވަރަށް ރަނގަޅު މަސައްކަތެއް ކުރި. އަދި ފްލައިޓް ތެރޭގައި އެ އަންހެން މީހާ ވިއްސުމަށް، އެންމެން ކުރި މަސައްކަތް ވަރަށް ރަނގަޅަށް ކުރި، އެކަމާއި ވަރަށް އުފާވޭ" އޭނާ ބުނެފައި ވެއެވެ.

އެ އަންހެން މީހާ ވަނީ ތުއްތު ތުއްތު ކުއްޖާއަކީ މަތީގައި ވިހެއި ކުއްޖެއް ކަމުން، އެކަމުގެ ހަނދާނުގައި އެ ކުއްޖާއަށް ސްކައިގެ ނަމުން ނަން ދީފައެވެ. އެ އެއާލައިނުން ވަނީ އެ ކުޑަކުއްޖާގެ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު