ބޮލީވުޑުގެ ލަވަކިޔުންތެރިޔާ އާދިތުޔާ ނާރާޔަންއާއި އޭނާގެ އަންހެނުން ޝުވެތާގެ ދަރިފުޅު ފުރަތަމަ ފަހަރަށް ދައްކައިލައިފިއެވެ.

އާދިތުޔާއާއި ޝުވެތާއަށް އެމީހުންގެ ފުރަތަމަ ދަރިފުޅު ޓްވިޝާ ލިބިފައިވަނީ މި އަހަރުގެ ފެބްރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

މީގެ ކުރިން ޓުވިޝާގެ ފޮޓޯ މީސް މީޑިޔާގައި އާދިތުޔާ އަދި ޝުވެތާ ހިއްސާ ކުރި ނަމަވެސް ޓުވިޝާގެ މޫނު ވަނީ ފޮރުވާފައެވެ.

މި މަހުގެ 24 ވަނަ ދުވަހު ޓުވިޝާއަށް ތިންމަސް ފުރޭތީ އެކަމާއި ގުޅިގެން އާދިތުޔާ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައިވާ ޕޯސްޓުގައި ފުރަތަމަ ފަހަރަށް ޓުވިޝާގެ މޫނު ދައްކައިފައިވެއެވެ.

''މާދަމާ ތިން މަސްވަނީ. މިއީ އަހަރެމެންގެ އޭންޖަލް'' އާދިތުޔާގެ ޕޯސްޓުގައި ލިޔެފައިވެއެވެ. ޕާސްކެޓެއްގެ ތެރޭގައި ކެމެރާއަށް ބަލަހައްޓައިގެން ހުދު ކުލައިގެ ހެދުމެއްގައި ހުދުކުލައިގެ ބޭންޑެއް އަޅައިގެން އޮތް ތުރިޝާ ވަރަށް ލޯބިކަމަށް ބުނެ އެތައް ބަޔަކު ދަނީ ކޮމެންޓް ކުރަމުންނެވެ.

އެގޮތުން ލަވަކިޔުންތެރިޔާ ވިޝާލް ޑަޑްލާނީ އަދި ހިމޭޝް ރޭޝަމިޔާ ވެސް ވަނީ އާދިޔުތާގެ މި ޕޯސްޓަށް ކޮމެންޓް ކޮށްފައެވެ.

އާދިތުޔާއާއި ޝުވެތާ ކައިވެނި ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އާދިތުޔާއާއި ޝުވެތާ ލޯބީގެ ގޮތުން ގުޅިފައުވަނީ ދެމީހުން އެކުގައި ކުޅުނު ފިލުމު ''ޝާބިތު'' ގެ ޝޫޓިންގެ ތެރެއިންނެވެ.

އާދިތުޔާއަކީ ލަވަކިޔުންތެރިއެއްގެ އިތުރުން އެކްޓް ކުރުމާއި އަދި ޝޯތައް ހުށަހަޅައިދިނުމުގައި ވެސް ވަރަށް ފާހަގަކޮށްލެވޭ ފަންނާނެކެވެ.

މީގެއިތުރުން އާދިތުޔާ ވަނީ ބައެއް ޝޯތަކުގައި ވެސް ބައިވެރިވެފައެވެ. ''ކަތުރޯންކީ ކިލާޅީ''، ''ކަތުރާ ކަތުރާ ކަތުރާ'' ފަދަ ޝޯތަކުގައެވެ.

ލަވަކިޔުމުގެ ކާމިޔާބު ޝޯއެއް ކަމުގައިވާ އިންޑިއަން އައިޑަލް ހުށަހަޅާދީފައިވަނީ ވެސް އާދިތުޔާއެވެ.

ކިޔުންތެރިންގެ ހިޔާލު