އުމުރުން ދުވަސްވުމުން، އެންމެ ގިނަ ބަޔަކު ކަންބޮޑުވާ ކަމަކީ ބަލިވެ، ގިނަ ދުވަހު ބަލި އެނދުގައި އޮންނަން ޖެހުމެއް ނޫނެވެ. އޭގެ ބަދަލުގައި، ބައެއް ފަރާތްތަކުން އެންމެ ކަންބޮޑުވާ ކަމަކީ ހަންގަނޑު ރޫ ޖެހި، ދެންވެސް ހަންގަނޑަށް އަންނަ ބަދަލުތަކެވެ. މިކަމުގެ ސަބަބުން މީހާގެ ސިފައަށް އަންނާނޭ ބަދަލުތަކެވެ.

މިހާރު މިކަމަށް އޮތް ހައްލަކީ ދޭތެރެ ދޭތެރެއިން ހަންގަނޑު ބާރުކުރުމުގެ ޓްރީޓްމަންޓްތައް ކުރުމެވެ. މުއްސަނދި ބައެއް ދިވެހިންވެސް، މި ގޮތަށް ކަންތައް ކުރާކަމަށް ދޫ ދޫ މަތިން އިވެއެވެ.

އެހެންނަމަވެސް، މިކަމަށް ދާޢިމީ ޙައްލެއް ގެނައުމަށް ސައިންސްވެރިންތަކެއް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ބާމިންހަމް ގައި ހުންނަ ޔުނިވަރިސޓީ އޮފް އަލަބަމާގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން ދަނީ މި މަސައްކަތުގައި އަވަދިނެތި ހަރަކާތްތެރިވަމުންނެވެ.

އެގޮތުން، އެމީހުންވަނީ އިންސާނުންގެ ހަންގަނޑު، އުމުރުން ދުވަސްވުމުން ރޫ ޖެހޭ ޖެހުމެއް ހައްލެއް ގެނެވޭނެ ގޮތެއް ހޯދާފައެވެ. އެއީ، އިންސާނުންގެ ޖީންސްތައް ބަދަލުކޮށްގެންނެވެ. އެކަން އިންސާނުންގެ ކިބައިގައި ކާމިޔާބުކަމާއެކު ކުރެވޭނެތޯ ބަލަން، މީދާ ބޭނުންކޮށްގެން ސައިންސްވެރިން ވަނީ މިހާރު އެކްސްޕެރިމެންޓްތައް ނުވަތަ ދިރާސާ މަސައްކަތްތައް ފަށާފައެވެ.

"ޑިޖިޓަލް ޓްރެންޑްސް" އަށް މައުލޫމާތު ދެމުން، މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތެއްކަމުގައިވާ ކޭޝަވް ސިންގް ބުނެފައިވަނީ އިންސާނުންގެ ހަންގަނޑު ދޫވަނީ ނުވަތަ ހަންގަނޑުގައި ރޫ ޖެހެނީ، މިޓޮޝޮންޑްރިއަލް ޑީއެންއޭ ކޮންޓެންޓް އާއި މިޓޮޝޮންޑްރިއަލް ފަންކްޝަން މަދުވުމުންކަމުގައެވެ. އަދި، އެކަން ހައްލުކުރަން މަސައްކަތް ކުރަނީ، އިންސާނުންގެ ޖީންސްގައި، މި މިޓޮޝޮންޑްރިއަލް ފަންކްޝަން އަލުން އާލާތްކޮށްގެންކަމަށް، ޖެނެޓިކްސް ދާއިރާގެ މި ތަޖުރިބާކާރު ބުނެފައިވެއެވެ.

މިކަން އިންސާނުންނަށް ކާމިޔާބުވާނެކަމަށް ސައިންސްވެރިން ޤަބޫލު ކުރާއިރު، މިކަމަށް އަދި ދުވަސްކޮޅެއް ނަގާނެކަމަށް އެފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ރޫފިލުވާލުމަކީ ބޮޑުކަމެއްނޫން! އިސްތިރިކޮށްލާ~

    • ކިޔާ

      ހާހާހާ...ހުސޭނުބޭ ވެސް ދޯ.....

  2. ނުރަބޯ

    ބޭކާރު މަސައްކަތެއްގައި އަގުހުރި ވަގުތުތައް ނަގާލުމުގެ ބަދަލުގައި މިހާރުވެސް ފަރުވާ ނުހޯދިފައިވާ ބަލިތަކަށް ފަރުވާއެއް ހޯދޭތޯ ބެލުން މާ ބުއްދިވެރި.