14 އަހަރުފަހުން މެކްޑޮނަލްޑްސް އިން އެ ކުންފުނީގެ ރެސްޓޯރެންޓްތަކުން ވިއްކާ ޗީޒްބާރގާގެ އަގުބޮޑުކުރަން ނިންމައިފިއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރެންޓްތަކުގެ ތެރޭގައި ހިމެނޭ މެކްޑޮނަލްޑްސް އިން ފާއިތުވި އަހަރުތަކުގައި އިނގިރޭސިވިލާތުގައި ޗީޒްބާރގާ ވިއްކަމުން ދިޔައީ އެންމެ 19 ރުފިޔާއަށެވެ. މިއީ ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު ބާރގާ އަށްވާއިރު މި ބާރގާގެ އަގަށް ގެންނަ ބަދަލާއި އެކު ކަސްޓަމަރުންގެ ޑިމާންޑަށް ބަދަލުއަންނާނެ ކަމަށް ލަފާކުރެވެއެވެ.

މެކްޑޮނަލްޑްސް އިން އެ ކުންފުނީގެ ބާރގާގެ އަގުބޮޑުކުރުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުދަ ދުވަހު ބުނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުން ދާތީ ބާރގާގެ އަގު 1.19 ޕައުންޑަށް(38.19 ރުފިޔާ) އުފުލިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި މެކްޑޮނަލްޑްސްގެ ރެސްޓޯރެންޓުތައް ހުރި އިރު ކޮވިޑާ ގުޅިގެން ބައެއް ގައުމުތަކުގެ އިގްތިސާދަށް އައި ބަދަލާއެކީ ކުންފުނީގެ އިތުރު އުފެއްދުންތަކުގެ އަގަށްވެސް ބަދަލު އަންނާނެ ކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް މި ބަދަލު ހުރިހާ އުފެއްދުމެއްގެ އަގަކަށް ނާންނާނެ ކަމަށް ކުންފުނިން ބުނެއެވެ.

މެކްޑޮނަލްޑްސްގެ ޔޫކޭ އަދި އަޔަލެންޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އެލިސްޓާ މެކްރޯވޯ ވިދާޅުވީ އުފެއްދުންތަކަށް ގެންނަ މި ބަދަލުތަކަކީ "ހީވެސް ނުކުރާހާ ޗެލެންޖިން ވަގުތުތަކެއްގައި" ވިޔަފާރި ކުރިޔަށް ގެންދިއުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ.

"1974 ވަނަ އަހަރު އަޅުގަނޑުމެން އިނގިރޭސިވިލާތުގައި ހުޅުވިފަހުން، އަޅުގަނޑުމެން ވަޢުދުވީ، ހެޔޮ އަގެއްގައި ކާބޯތަކެތި ވަރަށް މީރުކޮށް ލިބޭނެ ގޮތް ހެދުމަށް، އެ ކޮމިޓްމަންޓަށް ބަދަލެއް ނާންނާނެ.“ އެލިސްޓާ މެކްރޯވޯ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު