ބޮލީވުޑްގެ މަޝްހޫރު ތަރި، ސްރީ ދޭވީ މަރުވީ ގެނބިގެން ކަމަށް އޭނާގެ ފޮރެންސިކް ރިޕޯޓުން ދެއްކުމާ ގުޅިގެން އެމައްސަލަ އިތުރަށް ތަހުގީގު ނުކޮށް ފައިލްކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުގައިވާ ގޮތުގައި އޭނާގެ ހަށިގަނޑު ވަނީ މިހާރު އާއިލާއާ ހަވާލުކޮށްފައެވެ. އަދި އާއިލާއިން މިހާރު ވަނީ އޭނަގެ ހަށިގަނޑު އަންދާލުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ.
މަރުވިއިރު ސްރީދޭވީ ހުރީ ޑުބާއީގައެވެ. ޑުބާއީ މީޑިއާ އޮފީހުން ބުނެފައިވާ ގޮތުގައި ހަށިގަނޑު އާއިލާއާ ހަވާލުކުރީ ފޮރެންސިކް ހެކިތައް ނަގައި ވަރަށް ފުން ތަހުގީގަކަށް ފަހުއެވެ.
"ސްރީދޭވީ މަރުވި ކަމަށް ބެލެވޭ ސަބަބު ހޯދައިގަނެވޭނެ ހުރިހާ ތަހުގީގެއް ކުރުމަށްފަހު އޭނާގެ ހަށިގަނޑު ވަނީ އާއިލާއާ ހަވާލުކޮށްފަ. ފޮރެންސިކް ރިޕޯޓުން ދައްކާ ގޮތުގައި އޭނާ މަރުވެފައިވަނީ ރާ ބުއިމުގެ ސަބަބުން ބުއްދި ފިލާ ގޮސް ހުއްޓައި ބާތް ޓަބުގެ ތެރެއަށް ވެއްޓި ގެނބިގެން. މިގޮތަށް ނިންމައި މައްސަލަ ވަނީ މިހާރު ފައިލް ކުރެވިފަ،" ޑުބާއީ މީޑިއާ އޮފީހުން ބުނެފައިވެއެވެ.
އުމުރުން 54 އަހަރުގެ ޑުބާއިގެ ޖުމޭރާ އެމިރޭޓްސް ޓަވާސްގައި އޭނާ ހުރި ކޮޓަރީގެ ތެރޭގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ހާދައަވަހަކަސް ތިޔަގޮތަށް ނިންމާ މައްސަލަ ފައިލްތިޔަކުރީ އިހަށްކީ ހާޓުއެޓޭކެކޭ..ގައިމު މަރުވިއިރު ޑަކްޓަރުން ބަލާފަތާ އެހެންބުނާނީވެސް..އަނެއްކަ ފިރިސޮރު ނޫނީއެހެންބައެއްގެގެ އަތެއް ނުވޭބާ
ސްރީދޭވީއަށް އެހެރީ ރާބޮވިފަ! ދެން އަތްޖަހާ!
އަދިވެސް ރާބޯތި، ރަލަކީ ދީނުގައި ހަރާމް އެއްޗެކެވެ. ހިންދީ ދީނުގައިވެސް މަނަލެވެ. އެކަމަކު ދުބައި ގައި މައްސަލައެއްނެތެވެ.