މިސްރުގައި އަންހެނުންގެ ކަންކަށިމަތީގައި ޖެހި ފިރިހެނަކު ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

އަލް އަހުރާމް ނޫހުން ބުނެފައިވާ ގޮތުގައި އެ ދެމަފިރިންގެ މެދުގައި ޖެހުނު މައްސަލައެއްގައި ފެށި ޒުވާބު ނިމުނީ އެމީހާ އޭނާގެ އަންހެނުންގެ ގައިގައި ތަޅައި މޫނުގައިވެސް ޖަހައިގެންނެވެ.

މިކަން ހިނގާފައި ވަނީ ކޮން ދުވަހެއްގައި ކަން ރިޕޯޓްތަކުގައި ބުނެފައެއް ނުވެއެވެެ.

އެ ފިރިހެން މިހާ އެ އަންހެން މީހާގެ ގައިގައި ތަޅާ އަނިޔާ ކުރިއިރު، އޭނާގެ މޫނު މަތީގައި ޖެހި އެތިފަހަރަކުން އޭނާގެ ކަނާތު ލޮލުން ފެނުން ގެއްލިފައިވާ ކަމަށް ކޯޓުގައި ވަނީ ކިޔާދީފައެވެ.

މިއީ އަންހެން މީހާއަށް ލިބުނު ދާއިމީ ގެއްލުމެއް ކަމަށް ބެލެވޭއިރު، ފިރިމީހާގެ އަނިޔާތަކުގެ ސަބަބުން އޭނާއަކީ ނުކުޅެދޭ މީހަކަށް ވަނީ ވެފައެވެ.

މިއާއެކު އެ އަންހެން މީހާ ވަނީ ފިރިމިހާއާ ދެކޮޅަށް މައްސަލަ ކައިރޯގެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ އެ ކޯޓުން ވަނީ އޭނާ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަންހެނުންގެ ފެންވަރު!!!!

    2
    11
    • ޣ

      ދީނުގައި އަންހެނާގެ މޫނުގައި ނުޖެހުމަށް އޮންނަނީ އެކަމުގައި ހިކުމަތެއް އޮތީމަ..