އަވަށްޓެރި އިންޑިއާގެ ގުރުގްރާމްގައި 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި ވާހަކައަކީ މިހާރު މީސްމީޑިއާގައި އެންމެ ބާރަށް ދެކެވެމުން އަންނަ އެއް ވާހަކައެވެ. މަސާޖު ޕާލާއެއްގެ ކައުންޓަރުގައި އެކުއްޖާ މަސައްކަތް ކުރި ދުވަސްތަކަކީ ކުއްޖާ ސިފަ ކުރާ ގޮތުގައި ހަނދާނުން ނުފިލާނެ އަނދިރި ދުވަސްތަކެކެވެ.

ނަން ހާމަ ނުކޮށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސެކްޓަރ 49 ސަރަހައްދުގައި އާއިލާ އާއި އެކީ ދިރިއުޅެމުން އައި އެކުއްޖާ އެންމެ ފުރަތަމަ ވަޒީފާ ހޯދުމަށް ފެށި މަސައްކަތުން ޕޫޖާ ނަމަކަށް ކިޔާ މީހަކާއި ދިމާވެ، ކްލިނިކެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނެވެ. ނަމަވެސް ވަޒީފާއަށް ނުކުތްތާ ދެވަނަ އަށްވީ ދުވަހު އެކުއްޖާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އޭގެ 15 ވަރަކަށް ދުވަސް ފަހުން އަނެއްކާ ވެސް ޕޫޖާއާއި ދިމާވެ، އޮމާޒޭ ގުރުގްރާމް މޯލްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ "ކިންގް ސްޕާ" ގެ ރިސެޕްޝަނިސްޓެއްގެ ވަޒީފާ ހުށަހެޅިއެވެ. އޭރު އެކުއްޖާ ބުނި ގޮތުގައި ވަޒީފާ އަށް ދާން އެއްބަސްވީ އެއީ ކިހާ ވަރެއްގެ ތަނެއްކަން ނޭނގިއެވެ.

ކުއްޖާ ބުނީ، އެ ސްޕާއަކީ ޕޫޖާގެ ދައްތައެއް ހިންގަމުން އަންނަ ތަނެއް ކަމަށާއި އޭނާގެ ދަށުން އެތަނުގައި ގިނަ ފިރިހެނުންތަކެއް އިސްކޮށް އުޅޭ ކަމަށެވެ. އެހެން ކަމުން ދެން ފެނިގެން ދިޔައީ ހީވެސް ނުކުރާހާ ކަހަލަ ކަންތައްތަކެއް ކަމަށް އެކުއްޖާ ބުންޏެވެ.

"އެތަނަށް ދިޔަ ފުރަތަމަ ދުވަހު ވެސް ފިރިހެނަކާއި އެކީ ކޮޓަރިއަކަށް ވެއްދީ. އެތަނުން އެ ފިރިހެން މީހާ އަޅުގަނޑު ރޭޕް ކުރީ." އެކުއްޖާ ފުލުހުންނަށް ދިން ބަޔާނެއްގައި ބުންޏެވެ.

އެކަން އެގޮތަށް ހިނގައި ދިޔުމުން ވަޒީފާއިން ކެނޑެން ބޭނުންވާ ވާހަކަ ބުނުމުން އޭނާގެ ބަރަހަނާ ވީޑިއޯ ދައްކައި ބްލެކް މެއިލް ކުރި ކަމަށާއި އެހެން ކަމުން އެތަނުގައި މަޑު ކުރަން މަޖުބޫރުވި ކަމަށް އެކުއްޖާ ވަނީ ބުނެފައެވެ.

"އެގޮތަށް ފަސް ދުވަހު ސްޕާއަށް ދިޔައިން. އެ ފަސް ދުވަހު ވެސް އެކި ފަހަރު މަތިން 10-15 ފިރިހެނުން އަޅުގަނޑު ރޭޕް ކުރި" އެކުއްޖާ ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، ތަހުގީގަށް ކުއްޖާ ބަޔާން ދީފައިވަނީ މަންމަގެ އެހީތެރިކަމާއި ހިތްވަރާއި އެކު ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަން ނިންމީ އެތަނުން އެކަކު އޭނާ އާއި އޭނާގެ އާއިލާ މަރާލާނެ ކަމުގެ އިންޒާރު ދިނުމުން އާއިލާއާއި އޭނާއަށް ނުރައްކާ އޮތުމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައާއި ގުޅިގެން އެގައުމުގެ ފުލުހުން ބުނީ، ސްޕާގެ ބޮޑު މީހާއާއި އަންހެނެއް ހިމެނޭހެން ހަތަރު މީހަކާއި ދެކޮޅަށް މައްސަލައެއް ހުށަހަޅާފައިވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުލްޝިޓް ޖަސްޓިސް

    ތިކަން ކުރި މީހުނަކަށް ނުލިބޭނެ އަދަބެއް ބައިވަރު ރުފިޔާ ހުންނާނެ އެމީހުން އަތުގައި ރާއްޖޭ ސްޓައިލު ޑިމޮކުރަސީ އޮންނަ ގައުމެއް އެއީ

    17
  2. ސަމް

    މާލޭގައި މިހާރު ސުޕާތައް ހިނގަމުންދަނީ އެއްވެސް ހުރަހެއް ތަކުލީފެއް ނެތި ތައިލެންޑު އަންހެނުންތައް ފުނިފުންޏަށް ގެނެސްގެން ދިވެހިން އިސްކޮއްތިބެ ފާޅުގައި ޓިކްޓޮކުންނާއި އިންޓްގުރާމުގައި އިސްތިހާރު ކުރަމުންނެވެ. ދިވެހި ފުލުހުންވެސް އަދި ކަމާބެހޭ ހުރިހާ އިދާރާއެއްވެސް މި ތިބެނީ ދެކޯކަނުކަމުގައި ހެދިގެން މި ނުބައި މުންކަރާތް ފެތުރި އަށަގަންނުވަން ދޫކޮއްގެނެވެ. މިއީ އިސްލާމީ ގައުމެއްބާވަޔެ އަދި މުސްލިމު ވެރިކަމެއްބާވަޔޭވެސް ކިތަންމެފަހަރަކު މިހާރަކަށްއައިސް ހިތަށް އަރައެވެ. ފާހިޝް ނުބައި އަމަލުތައް މުސްލިމު މުޖުތަމައުގައި ފެތުރުމަށް ލޯބި ކުރާމީހުން ދަންނާށެވެ. ކަލޭމެން ތި ތިބީ މާތްރަސްކަލާނގެ ނުރުހުން ހޯދައިގެންނެވެ. ތިމާމެން ހަލާކުކުރައްވާނީ ކޮން ވަގުތެއްގައިތޯ ނޭނގޭނެއެވެ. އަދިވެސް ޒިންމާތަކަށް އިހުމާލުވެ ތިބޭށެވެ. ކަލޭމެން އެންމެނަށް ވަކިވަކީން ލައުނަތް ހުއްޓެވެ.

    18