ސްރީލަންކާގެ މަސާޖު ޕާލާއެއް ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ލަންކާގެ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ "ނިއުސްވަޔާ" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އުމުރުން 42 އަހަރުގެ އެ ފިރިހެން މީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ ކަންޑަނާގައި ހުންނަ މަސާޖު ޕާލާއެއް ތެރެއިންނެވެ.

ފުލުހުން ބުނެފައިވަނީ އެމީހާއަކީ ވެސް އެސަރަހައްދުގެ މީހެއް ކަމަށާއި އޭނާ އެތަނަށް ގޮސްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

މިހާދިސާގެ ތަހުގީގެއް ފުލުހުން ހިންގަމުން އަންނައިރު، ފުލުހުން ބުނެފައިވަނީ މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.

ގައުމުތަކުގައި ހުޅުވާފައި ހުންނަ މަސާޖު ޕާލާތަކަކީ ވަރަށް ގިނަ މީހުން ދާ ތަނެކެވެ. ނަމަވެސް މީގެ ކުރިން މިފަދަ ހާދިސާއެއް ހިނގާފައިވާ ކަމެއް އެއްވެސް މީޑިއާއަކުން ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވިކިލީކްސް

    ޒިނޭއާއި ގާތް ނުވާށެވެ. މަރު މަތިން ގިނަގިނައިން ހަނދާންކުރާށެވެ.

    11
    1
  2. ޙަބީބު.

    މީހުން ދެކޭގޮތް ކަޑައީ ޔޫރަޕާ އަރަބި ގައުމުތަކުގަވެސް ޕޮރޮފެޝަނަލްކޮއް މަސާޖުކުރޭ ވަޅިޔަކީވެސް މީހުން ކޮށާ އެއްޗަކައްވީމަ ކަމުނުދަނީ އަލިފާނަކީވެސް ހަމައެފަދައެއްޗެއް ތިމާމެންގެ ހިތް ރަނގަޅުނަމަ ހުރިހާ ކަމެއް ރަނގަޅުވަނެ

    4
    1
  3. ސިމްޕް

    އެންމެ ނުބައިވެގެންވާ ޒިނޭ މުސްކުޅި އުމުރުގައި ކުރާ ޒިނޭ

    4
    1
  4. ނުވިސްނޭމީހުންނޭ

    މަސާޖްޕާލާއޭ ބުނީމަ މީހުންނަށް ހީވަނީ ހުރިހާ ޕާލާއަކީވެސް ޒިނޭކުރަންދާ ތަންތަނޭ. އެކަމަކު މެޑިކަލް ޓްރީޓްމެންޓް ގޮތަށް ޕްރޮފެޝަނަލީ ރަންގަޅު ގޮތުގަ ހިންގާ ތަންތަންވެސްހުރޭ. ފިރިހެނުންނަށް ފިރިހެން ތެރަޕިސްޓުން އަންހެނުންނަށް އަންހެން ތެރަޕިސްޓުންލައިފަހުންނަ ތަންތަންވެސްހުރޭ. އެކަހަލަ ޕާލާ ތަކުން ބޮޑެތި އުދަގޫތަކާ ބަލިތައް ރަނގަޅުވެސްކުރޭ.