ފާހަނައަށް ވަދެ އުޅެނިކޮށް، ތަށި ތެރެއިން ހަރުފައެއް ފެނިއްޖެ ނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟

މިއީ ބިރު ގަންނަ ވަރުގެ ކަމަކަށް ވާނެ ކަން ޔަގީނެވެ. އޭތި އެތަނުން ނުނެގިގެން ހަޅޭއްވެސް ލަވާނެއެވެ.

މިއީ އެފަދަ ކަމެއް ދިމާވެގެން އެމެރިކާ އާއިލާއަކުން ކަންތައް ކުރި ގޮތެވެ.

އެމެރިކާގެ އަލަބާމާގެ ޔޫފައުލާ ސަރަހައްދުގައި ދިރިއުޅޭ އާއިލާއަކަށް ދިމާވި ހާދިސާއެކެވެ. އެ މީހުންގެ ގޭގައި ފާހަނަ ތެރޭގައި ހަރުފައެއް އޮއްވާ ފެނުނެވެ. މި ހަރުފަ ފެނުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އާއިލާއިން އެކަން ޔޫފައުލާ އަލަބާމާ ޑިޕާޓްމަންޓް ޕޮލިސްއަށް ގުޅާ އެހީތެރިކަމަށް އެދުނެވެ.

"އަޅުގަނޑުމެންގެ ޝިފްޓްގައި އަންނާނީ ކޮން ކަހަލަ ކޯލެއްކަމެއް އެއްގޮތަކަށް ވެސް ނޭނގެ. މިއަދުވެސް އައީ އެފަދަ ފޯން ކޯލެއް، މިފަަހަރު ގުޅީ ފާހަނަގައި ހަރުފައެއް އޮވެގެން. މިއީ ހަމަގައިމުވެސް ހިނގާފާނެ ކަމަށް ބެލެވޭ ލިސްޓުގައި ނެތް ކަމެއް". އެ ހިސާބުގެ ފުލުހުން ލިޔެފައި ވެއެެވެ.

އެ މީހުން ވަނީ އެ ގެއަށް ގޮސް، ފާހަނަ ތަށި ތެރޭގައި އޮތް ހަރުފަ ނަގާފައެވެ. މިއީ ވިހަގަދަ ވައްތަރުގެ ހަރުފައެއް ނޫންކަން ވަނީ ކަށަވަރު ވެފައެވެ. މިއީ ގްރޭ ރަޓް ސްނޭކް އެކެވެ.

މި ޕޯސްޓަށް އެކި މީހުން ތަފާތު ކޮމެންޓްތައްކޮށްފައި ވެއެވެ. އެގޮތުން އެކަކު ވަނީ ފާހަނައަށް ވަދެ، ތަށީގައި އިށީންނުމުގެ ކުރިން ލައިޓް ޖައްސާ، ތަށި ތެރެ ބަލަނީ މިިހެންވެ ކަމަށް ބުނެފައެވެ. އިތުރު މީހަކު ބުނީ، ޔަގީނުންވެސް އޭނާއަށް އެ ހަރުފަ ފެނުނު ނަމަ ހޭނެތިގެން ވެއްޓިދާނެ ކަމަށެވެ.

މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު