ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހަރަކާތްތެރިވަމުންދާ ޒީނަތް މިރޭ އައިސް ޓީވީގެ "މީހުންގެ ވާހަކަ" ޝޯވގެ ފެނިގެންދާއިރު، މިރޭގެ އެޕިސޯޑްގައި އޭނާއާއެކު މަސައްކަތްކޮށްފައިވާ ފަސް ފަންނާނެއްގެ ވާހަކަދެއްކުމުގެ އިތުރުން، އޭނާއާ ބެހޭގޮތުން ދެކެވޭ ބައެއް ވާހަކަަތަކަށްވެސް ޖަވާބުދޭނެއެވެ.

އޭގެ ތެރޭގައި މީގެ އަހަރުތަކެއް ކުރިން އާއްމުވި ފިލްމީ ދާއިރާގެ ބައެއް ފަންނާނުންގެ އޯޑިއޯ ހިމެނޭ ކްލިޕްތަކާއި ބެހޭގޮތުން ޒީނަތް ވާހަކަދެއްކުމުގެ އިތުރުން، އޭނާގެ އެންމެ ގާތް އެކުވެރިޔާ ނިއުމާ މުހައްމަދު ސިޔާސީ ދާއިރާއަށް ނުކުތުމާ ބެހޭގޮތުން ވެސް ވާހަކަދައްކާނެއެވެ.

މީހުންގެ ވާހަކައިގެ ސީޒަން 1ގެ 10 ވަނަ އެޕިސޯޑް މިރޭ 10 ޖަހާއިރު ދައްކާއިރު، އަދި މި ޝޯވގެ އިތުރު ދެ އެޕިސޯޑް ބެލުންތެރިންނާއި ހަމައަށް ގެނެސްދޭނެކަަމަށް އައިސް ޓީވީން ވަނީ ބުނެފައެވެ. އެގޮތުން ދެން ފެނިގެން ދާނީ މިހާރު ފިލްމީ ދާއިރާގައި އެންމެ ވިދަމުން އަންނަ ތަރިކަމަށްވާ މަރިޔަމް އައްޒަ ބައިވެރިވާ އެޕިސޯޑެވެ.

މީހުންގެ ވާހަކައިގެ ހުރިހާ އެޕިސޯޑެއް މިހާރު މީޑީއާނެޓްގެ އޯޕެންޓީވީ އިން ބަލާލެވޭނެއެެވެ.