"މެޑްރާސް ކެފޭ"، "ވިކޯ ޑޯނަރ" އަދި "ޕިކޫ" އަކީ ބޮލީވުޑުން ނެރުނު މަޝްހޫރު ފިލްމުތަކެކެވެ. އެއީ ވިޔަފާރީގެ ގޮތުން އެންމެ ރަނގަޅު ކަމުގައި ނުވިކަމުގައިވިޔަސް، މުހިއްމު މެސެޖުތަކަކާއި ވަރުގަދަ ވާހަކަތަކެއް، ބެލުންތެރިންނާ ހަމައަށް ގެނެސްދިން ފިލްމުތަކެކެވެ.

މި ފިލްމުތަކުގެ ފަހަތުގައި ހުރި ކުޅަދާނަ ޑައިރެކްޓަރު، ޝޫޖިތު ސިރްކާރު ދާދިފަހުން ބުނެފައިވާ ގޮތުގައި، އޭނާ ދެން ބޭނުންވަނީ އިމްތިޙާނުގެ ސްޓްރެސް އާ ގުޅިގެން، ދަރިވަރުންނަށް ކުރިމަތިވާ ކަންކަމާ ގުޅޭގޮތުން ފިލްމެއް އުފައްދާށެވެ.

އިންޑިޔާ "އައިއޭއެންއެސް" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ތަޢުލީމީ ގޮތުން ކުރިމަތިވާ ސްޓްރެސް އަކީ ވަރަށް ސީރިޔަސް މައްސަލައެއް ކަމަށާއި، ކުޑަކުދިންގެ މެދުގައި ޑިޕްރެޝަން އާއްމުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީކަމަށެވެ.

މި މޭރުމުން އޭނާ ވާހަކަ ދައްކާފައިވީނަމަވެސް، މިފަދަ ފިލްމެއްގެ މަސައްކަތް ފެށިކަމެއް ނުވަތަ ފަށަން ޤަސްދުކުރާ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

މި މައުޟޫއަކީ، މީގެކުރިން ފިލްމު އުފެއްދިފައި ނުވާ މައުޟޫއެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔޫއްޕެ އެއް ނޫން.

    މަ ދެތިން ފަހަރު ހެޑިންގ ކިޔާފަ ވެސް އިންޑިޔާ ހަވަރެއްވީމަ ނުބަލަން އުޅެފަވެސް ޔޫއްޕެގެ ފޮޓޯ އެއް އިނީ މަ މިބެލީ. ޙާދަ ވައްތަރޭ ދޯ؟