މައްސަރު ދުވަސްވަރު މާ ގިނައިން ލޭ ފޭބުމަކީ ގިނަ އަންހެނުންނަށް ކުރިމަތިވާ ކަމެކެވެ. އަދި މިކަމުގެ ސަބަބުން މައްސަރު ދުވަސްވަރު ދިގުލައިގެން ވެސް ދެއެވެ. މައްސަރު ދުވަސްވަރު ގިނައިން ލޭ  ފައިބަނީ މައިގަނޑު ހަތަރު ސަބަބަކާއި ހުރެއެވެ. އެ ސަބަބުތަށް ތިރީގައި އެވަނީއެވެ.

ރަހިމުގައި މަސްކޮޅު އުފެދުން

ރަހިމުގައި މަސްކޮޅު އުފެދުމަކީ ހޯރމޯންތަކުގެ މިންގަނޑަށް އަންނަ ބަދަލު ތަކުގެ ސަބަބުން، އަންހެނުންނަށް ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން މައްސަރު ދުވަސްވަރު ގިނައިން ލޭފޭބުން އެކަށީގެންވެއެވެ.

ހޯރމޯންތަކުގެ މިންގަނޑަށް ބަދަލުއައުން

ހަށިގަނޑުގައި ހުންނަ ހޯރމޯންސްގެ ދެބާވަތެއް ކަމަށްވާ އެސްޓްރަޖަން އަދި ޕްރޯޖެސްޓަރޯން ހޯރމޯންގެ މިންގަނޑަށް ބަދަލުއައުމަކީ މައްސަރުގެ ތެރޭގައި ރަހިމުގެ ފާރުގަނޑު ބޯވާކަމެކެވެ. މިގޮތަށް އާދަޔާ ޚިލާފަށް ރަހިމުގެ ފާރު ބޯވުމުން މައްސަރުގެ ތެރޭގައި ލޭފޭބުން އިތުރުވާނެއެވެ.

ބިސް އުފައްދާތަނުގެ މަސައްކަތަށް ބަދަލުއައުން

ބިސްއުފައްދާ ތަނުގެ މަސައްކަތަށް ބަދަލުއައުން ނުވަތަ ބުރޫއެރުމަކީ އެތަނުން ދޫކުރާ ހޯރމޯން  ޕްރޯޖެސްޓަރޯން ދޫކުރުމަށް ހުރަސްއަޅާނެ ކަމެކެވެ. މިސަބަބަށްޓަކައިވެސް މައްސަރުގެ ތެރޭގައި މާގިނައިން ލޭފޭބުމަށް މެދުވެރި ވެއެވެ.

ރަހިމުގައި ފައިބްރޮއިޑް އުފެދުން

ރަހިމުގައި ފައިބްރޮއިޑް އުފެދުމަކީ ބާލިގުވެފައިވާ އަންހެނުންނަށް ކުރިމަތިވާ ކަމެކެވެ. ރަހިމުގައި ފައިބްރޮއިޑް އުފެދުމަކީ މައްސަރުގެ ތެރޭގައި މާގިނައިން ލޭފޭބުން މެދުވެރިވެދާނެ ކަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާސްކް އަ ޑޮކްޓަރ..

    ކޮބާ އެންޑޯމެޓްރިއޯސިސް؟