މަޝްހޫރު ޓެކް ކުންފުނި އެޕަލް އިން އިންޑިއާގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް 5ޖީ ތައާރަފް ކުރާނެކަން އިއުލާން ކޮށްފިއެވެ.

އެޕަލް އިން އައިއޯއެސް 16 ބީޓާ ސޮފްޓްވެއާ އަޕްޑޭޓް ތައާރަފް ކުރުމުން މި ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އިންޑިއާއިން 5ޖީގެ ހިދުމަތް ދޭން ފަށާކަން އިއުލާންކުރީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

އައިފޯން 14، އައިފޯން 13، އައިފޯން 12 އަދި އައިފޯން އެސްއީ (3 ވަނަ ޖެނެރޭޝަން) މޮޑެލްތަކުގެ އެއާޓެލް އަދި ރިލަޔަންސް ޖިއޯގެ ކަސްޓަމަރުންނަށް އެޕަލްގެ ބީޓާ ސޮފްޓްވެއާ ޕްރޮގްރާމް ބޭނުންކޮށްގެން 5ޖީގެ ހިދުމަތް ހޯދޭނެ އެވެ.

އެޕަލް ބީޓާ ސޮފްޓްވެއާ ޕްރޮގްރާމަކީ ސައިންއަޕް މަރުހަލާގައި އެޕަލް ބީޓާ ސޮފްޓްވެއާ ޕްރޮގްރާމް އެގްރީމެންޓް ބަލައިގަންނަ ސައްހަ އެޕަލް އައިޑީއެއް އޮންނަ ކޮންމެ މީހަކަށް ވެސް ހުޅުވާލެވިފައިވާ ޕްރޮގްރާމެކެވެ.

ބީޓާ ޕްރޮގްރާމުގެ ދަށުން ކުރިން ރިލީޒްކޮށްފައިވާ ސޮފްޓްވެއާތައް ޓްރައިކޮށް، ފުލް ސްކޭލް ރިލީޒްކުރުމުގެ ކުރިން އެންމެ ފަހުގެ ފީޗާތައް ތަޖުރިބާ ކުރެވޭނެ އެވެ.

އެޕަލް ބޭނުންކުރާ ފަރާތްތަކަށް އެ ކުންފުނިން ދައުވަތު ދެނީ އެޕަލްގެ ކޮލިޓީ އާއި ޔޫޒަބިލިޓީއާ ބެހޭ ގޮތުން ފީޑްބެކް ދިނުމަށެވެ. މިކަމުގެ ސަބަބުން އެޕަލް އަށް ދިމާވާ މައްސަލަތައްދެނެގަނެ، އެކަންކަން ހައްލުކޮށް، އެޕަލްގެ ސޮފްޓްވެއާތައް އިތުރަށް ރަނގަޅު ކުރުމަށް އެހީތެރިވެދެ އެވެ.

އެޕަލް އިން ބުނީ މި ޕްރޮގްރާމާއި ސޮފްޓްވެއާ އަކީ ވެސް އައިފޯން ބޭނުންކުރާ ފަރާތްތަކަށް ހިލޭ ލިބޭ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމަކީ މުޅިން ވެސް ވޮލަންޓަރީ ޕްރޮގްރާމެއް ކަމަށާއިބައިވެރިވުމުން އެއްވެސް ބަދަލެއް ނުލިބޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު