ޓެލީވުޑްގެ މަޝްހޫރު އެކްޓަރު މަހޭޝް ބާބޫގެ ބައްޕައަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާއިފި އެވެ.

މަހޭޝްގެ ބައްޕަ އަދި ވެޓެރަން އެކްޓަރެއް ކަމަށް ކްރިޝްނާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގަ އެވެ. ހައިދްރަބާދްގައި ހުއްޓާ ހާޓް އެޓޭކެއް ޖެހި މިހާރު ފަރުވާދެމުންދާކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

ކްރިޝްނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް ޑޮކްޓަރުންނާއި ހަވާލާދީ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

އުމުރުން ހަތަރު އަހަރުގައި ފިލުމު ތަކުގައި މަސައްކަތް ކުރަން ފަށާފައިވާ މަހޭޝް ބާބޫއަކީ ތެލެގޫ ފިލުމު އިންޑަސްޓްރީގައި އެންމެ ގިނައިން ކާމިޔާބު ފިލުމުތަކެއް ގެނެސްދީފައިވާ އެއް އެކްޓަރެވެ.

މިހާރު ގިނަ މީހުންނަށް ބޮލީވުޑުގެ ފިލުމުތަކަށް ވުރެ ކަމުދަނީ ތެލެގޫ ފިލުމުތަކެވެ. ބޮލީވުޑު އިންޑަސްޓްރީގެ ބައެއް ފަންނާނުން ވެސް މިހާރު ދަނީ ތެލެގޫ ފިލުމުތަކުގައި މަސައްކަތް ކުރަމުންނެވެ.

އެގޮތުން އެންމެ ފަހުން ތެލެގޫ ފިލުމު އިންޑަސްޓްރީއަށް ތަޢާރަފް ވެފައިވަނީ އަޖޭ ދޭވްގަންއާއި އާލިއާ ބަޓްއެވެ.

މަހޭޝް ބާބޫ ކުޅެފައިވާ ފިލުމު ތަކުގެ ތެރޭގައި ހިމެނެނީ ''ސަރުކާރު ވާރީ ޕާޓާ'' އާއި ''ބިޒްނަސްމޭން'' ފަދަ ފިލުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު