އިންސްޓަންޓް މެސެޖިން އަދި ވޮއިސް އޯވާ އައިޕީ ގެ ހިދުމަތް ދޭ ވަޓްސްއެޕުން އެ ކުންފުނީގެ ބީޓާ ބޭނުންކުރާ ފަރާތްތަކަށް ސެކަންޑަރީ ފޯނަކާއި އެންޑްރޮއިޑް ޓެބްލެޓަކަށް އެކައުންޓްލިންކް ކުރުމުގެ ފުރުސަތު ދީފަ އެވެ.

ޖީއެސްއެމް އެރީނާ އިން ބުނި ގޮތުގައި އެންޑްރޮއިޑްގެ އެންމެ ފަހުގެ ވަޓްސްއެޕް ބީޓާ (ވާޝަން 2.22.24.18) އިން ކޮމްޕެނިއަން މޯޑް ގެނެސްދޭއިރު، ސެކަންޑަރީ ފޯނެއް ޕްރައިމަރީއެކައުންޓަށް ލިންކް ކުރެވޭނެ އެވެ.

ވަޓްސްއެޕުން ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ޕްރައިމަރީ އެކައުންޓަށް ހަތަރު އެންޑްރޮއިޑް ފޯނެއް ލިންކްކޮށް، ލިންކްކުރެވިފައިވާ ހުރިހާ ޑިވައިސްތަކަކަށް ވެސް އޭގެ ރެގިއުލާ ފީޗާތަކާއި މެސެޖް އެންކްރިޕްޝަން އަށް ވަދެވޭނެ އެވެ.

ޖީއެސްއެމް އެރީނާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބީޓާ ބޭނުންކުރާ ފަރާތްތަކަށް ރަޖިސްޓްރޭޝަން ސްކްރީންގައި ވާ އޮޕްޝަންސް މެނޫއަށް ގޮސް "ލިންކް އަ ޑިވައިސް" ހޮވައިގެން ކޮމްޕެނިއަން މޯޑް އެކްޓިވޭޓް ކުރެވޭނެ އެވެ. އެންޑްރޮއިޑް ޓެބްލެޓްތައް ވެސް ގުޅާލެވިދާނެ އެވެ.

މިއީ ހަމައެކަނި ބީޓާ ބޭނުންކުރާ މަދު ބަޔަކަށް ފަންކްޝަނަލް އެއްޗަކަށް ވާއިރު، ކުރިއަށް އޮތް އަޕްޑޭޓްތަކުގައި، އެހެން ބޭނުންކުރާ މީހުންނަށް އަންނަން ވަގުތު ނަގާނެ އެވެ.

މިހާރު ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް އެ ޕްލެޓްފޯމްގައި މިހާރު ހުރި އެކައުންޓަށް ވަދެވޭނީ އެންމެ ސްމާޓްފޯނަކުން ކަމަށާއި އާ އަޕްޑޭޓް އައުމުން އެއްފަހަރާ 2-4 ޑިވައިސްގައި އެއްއެކައުންޓެއް ބޭނުން ކުރެވޭނެ ކަމަށެވެ.

ރާއްޖޭގައިވެސް ވަޓްއެޕް ބޭނުންކުރާ ފަރާތްތައް އިތުރުވަމުންދާއިރު މި އެޕްލިކޭޝަނަށް ކުރެވޭ އިތުރުބާރުވެސް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.