2004 އިން ފެށިގެން ހުއްޓިފައި އޮތުމަށް ފަހު، 2015 ވަނަ އަހަރު ބާއްވަންފެށި އޮފީސް ޓެލެޑުރާމާގައި މިއަހަރު ބައިވެރި ވުމަށް ބޭނުންވާ އޮފީސްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

އެންއައިސީ އިން ބުނީ އޮފީސްތަކުގެ ޓެލެޑުރާމައިގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ ހަވަނަ ދުވަހުގެ ކުރިން ފޯމް ހުށައަޅަން ޖެހޭކަމަށެވެ. ދައުލަތުގެ މީޑިޔާއާއި އެންއައިސީ ގުޅިގެން ބާއްވާ އޮފީސްތަކުގެ ޓެލެޑްރާމާއަށް ދަނީ ގިނަ ބައެއްގެ ތަރުޙީބު ލިބެމުންނެވެ. ކޮންމެ ރޯދަ މަހަކު ގެނެސްދޭ މިޓެލެޑްރާމާތަކުގެ ސަބަބަބުން ފިލްމީ ދާއިރާރަށް ވަންނަން ބޭނުންވާ އަދި އެކަމަށް ހުނަރުހުރި ގިނަ ބަޔަކު ދަނީ އުފެދެމުންނެވެ.

އޮފީސް ޓެލެޑްރާމާ މުބާރާތުގެ މަގްސަދަކީ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ފަންނާނުން އިތުރުކޮށް، ފަންނުވެރިންނަށް ހިތްވަރު ދީ، އަގުވަޒަންކޮށް، އެކުވެރި އަދި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުން ކަމަށް އެންސީއޭ އިން ބުނެއެވެ.

މިމުބާރާތުގައި މުބާރާތުގައި 12 ކެޓަގަރީއަކުން އެވޯޑް ދޭ އިރު، ފަސް ކެޓަގަރީއަކަށް، ޓްރޮފީއާ އެކު ފައިސާގެ އިނާމު ވެސް ދެ އެވެ. އެގޮތުން އެންމެ މޮޅު ޑްރާމާއަކަށް 50،000ރ، އެންމެ މޮޅު ބަތަލު/ބަތަލާ އަށް 15،000ރ، އެންމެ މޮޅު ސަޕޯޓިން ބަތަލު/ބަތަލާ އަށް 10،000ރ. ގެ ފައިސާގެ އިނާމު ދޭނުމަށް ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަލިކައްޑޫ

    މަގްސަދަކީ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ފަންނާނުން އިތުރުކޮށް، ފަންނުވެރިންނަށް ހިތްވަރު ދީ، އަގުވަޒަންކޮށް، އެކުވެރި އަދި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުން ކަމަށް ވާނަމަ "އަޅުކަމަށް ޚާއްޞަ މަހު" ގައި ނުބާއްވާ އެހެން ކޮންމެވެސް މަހެއްގައި ބާއްވާ!