މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މަލިކް ހިންދީ ލަވައެއް ކަމަށްވާ "ތޭރީ ދީވާނީ"ގެ ކަވާއެއް އޭނާގެ އިންސްޓަގްރާމުގައި ހިއްސާ ކުރުމުން ގިނަ ބައެއްގެ ފާާޑު ކިޔުން އަމާޒު ވެއްޖެއެވެ.

"ވަން ޑިރެކްޝަން" ބޭނުންޑުން ވިދާލި ޒޭން ކަވާ ކޮށްފައިވާ "ތޭރީ ދީވާނީ" އަކީ އެތައް ބައެއްގެ ލޯބި ލިބިފައިވާ ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ކައިލާޝް ކޭރުުގެ ލަވައެކެވެ.

އެ ލަވައިގެ ކަވާ ޒޭން އޭނާގެ އިންސްޓަގްރާމުގައި ހިއްސާކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ ވައިރަލްވެފައެވެ. އަދި އެއާއެކު އެ ކަވާއާ ބެހޭ ގޮތުން އޭނާގެ ސަޕޯޓަރުންނާއި އިލާޝް ކޭރުުގެ ސަޕޯޓަރުން ބަހުސް ކުރަން ފެށިއެވެ.

ގިނަ ބަޔަކު ބުނަމުން ދަނީ ޒޭން ލަވަ ކިޔާފައި ވަނީ އެ ލަވަ ކިޔަން ޖެހޭ ގޮތަށް ނޫން ކަމަށެވެ. ނަމަވެސް އޭނާ ހިތްވަރު ކުރީތީ ބައެއް ފަރާތްތަކުން ވަނީ ތައުރީފު ކޮށްފައެވެ. ނަމަވެސް ޒޭންގެ ދިފާއުގައި ވާހަކަ ދައްކާ ފަރާތްތަކުން ބުނަނީ އެ ކަވާ ހަގީގަތުގައިވެސް ކަމުދާ ކަމަށެވެ.

https://www.instagram.com/p/BfrZdT2HJEe/?utm_source=ig_embed

މިކަމާ ބެހޭގޮތުން ކައިލާޝް ކޭރު ބުނީ، ޒޭންއަށް އޭނާއާއެކު ލަވަ ކިޔަން ފުރުސަތު ލިބޭނީ އޭނާގެ ޑިޖިޓަލް އެކެޑެމީގައި ބައިވެރިވެ ހިންދީ ލަވަކިޔަން ދަސްކޮށް، ނޯޓުތައް ރަނގަޅު ކުރުމުން ކަމަށެވެ.

ޒޭން އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓަށް މިހާތަނަށް ވަނީ އަށް ލައްކައަށްވުރެ ގިނަ ލައިކް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު