ގެރިބަކަރީގެ ގުއި ބޭނުންކޮށްގެން ހަދާފައިވާ ގެތަކަށް ނިއުކްލިއާ ރޭޑިއޭޝަންގެ ،އަސަރު ނުކުރާނެ ކަމަށް ގުޖުރާތުގެ ކޯޓަކުން ބުނެފިއެވެ.

ތާޕީގެ ޑިސްޓްރިކްޓް ކޯޓުގައި ސެޝަންސް ގާޒީ އެސްވީ ވިޔާސްގެ އަމުރުގައި ބުނެފައި ވަނީ، ގެރިއަކީ ހަމައެކަނި ޖަނަވާރެއްގެ އިތުރުން މަންމައެއް ކަަމަށެވެ. އެހެންވެ އެއަށް ކިޔަނީ "ގައުމަތާ" ކަަމަށް ބުނެފައި ވެއެވެ. އަދި ގެރިތަކުން މުޅި ދުނިޔެއަށް ކުރާ ފައިދާތައް ސިފަ ނުކުރެވޭނެ ކަމަށާއި ގެރިގެ ލޭގެ އެންމެ ތިއްކެއް ވެސް ބިމަށް ނުފޭދޭ ދުވަހެއްގައި ބިމުގެ ހުރިހާ މައްސަލަތަކެއް ހައްލުވެ، ބިމަށް ދުޅަހެޔޮކަން ލިބިގެން ދާނެ ކަމަށް ބުނެފައި ވެއެވެ.

މިދިޔަ ނޮވެމްބަރު މަހު ގުޖުރާތީ ބަހުން އިއްވި ހުކުމް ގޫގުލް މެދުވެރިކޮށް ވަނީ ތަރުޖަމާކޮށްފައެވެ.

ގާޒީ ބުނެފައިވާގޮތުގައި ގެރި ކަތިލުމާއި ގާނޫނާ ހިލާފަށް މަކަރާއި ހީލަތް ހެދުމުގެ ހާދިސާތައް ގިނައިން ހިނގުމަކީ މުޖުތަމައުއަށް ލިބޭ ނިކަމެތި ކަމެކެވެ.

"އޯގަނިކް ދަނޑުވެރިކަމުން އުފައްދާ ކާނާއަކީ ވަރަށް ގިނަ ބަލިތަކުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. ނިއުކްލިއާ ރޭޑިއޭޝަނުން ވެސް ގެރި ގޮހޮރުން ހަދާ ގެތަކަށް އަސަރެއް ނުކުރާކަން ސައިންސުން ސާބިތުކޮށްދީފި". ކޯޓުން ބުނެފައި ވެއެވެ.

ގާޒީ ބުނީ ގެރި ކުޑަކަމުދާ ތަކެތި ބުއިމުން ފަރުވާ ނުކުރެވޭ އެތައް ބައްޔެއް ރަނގަޅުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ދެން ހުރިހާ އެމްޑީޕީ މީހުން ގެރި ގޮރު ބޮއިގެން ގެރި މޯދީއާއެކު ގައިގައި ގެރި ގުއި އުނގުޅައިގެން ނަށާނީ. އޭރުން ރޭޑިއޭޝަންގެ އަސަރެއް ނުކުރާނެތާ.

    11
    2
  2. ހުސޭނުބޭ

    ވީމާ ޕާކިސްތާނުން ނިއުކްލިއަރ ހަމަލާއެއް ދީފާނެކަމަށް ގެރިމޯދީ ގައިގައި ގެރިގުއި ވަށައިގެން ނޫނީ ބޭރަށް ނުނިކުތުމަށް ނަސޭހަތްދެން.

    11
  3. Anonymous

    ކޯޓުން ގެރިމޯދީ ގެރިއާއި ކައިވެނިކޮށްދޭންވީނޫން!!

  4. ބީތާވެދާނެ

    އެހެންވީމާ ގެރީގެ މަސްކެއީމާ އެތެރެހަޑިން ނިއުކުލިއަރ ރޭޑިއޭޝަންދާނެތާދޯ

    11
  5. ސަރުދާރު

    އިންޑިއާގެ ގެރި ރަންޑިން މަރުވީމަ އަންދާލާފަ އަޅިތައް ގެރިތަކަށް ކާންދީބަލަ އޭރުން އަނެއްފަހަރު ދިރިގެން އަންނާނީ ގެރިއެއް ގޮތަށް. ހިންދޫ ކަނޑުކޮހުން ގަބޫލުކުރާ ފަލްސަފާ ބުނާގޮތުން. މަކުނުގެ ސިކުނޑިވެސް ހިންދޫ ބައިގަނޑަށްވުރެ ތަނަވަސްވާނެ.