މަގުމަތީގައި ކާތަކެތި ތައްޔާރުކޮށްގެން އެ ތަކެތި ވިއްކުމަކީ ބޭރު ގައުމުތަގައި އާއްމުކޮށް ހިނގާ ކަމެކެވެ. މިފަދަ ތަންތަނުގައި މަޑުކޮށްގެން ކާއެއްޗެހި ކެއުމުގައިވެސް އެތައް ބަޔަކު ހަރަކާތްތެރިވަމުން ދެއެވެ. އެކި ވައްތަރުގެ ނޫޑްލްސް އާއި ބަތާއި، ޕާސްތާ އާއި އެ ނޫނަސް އެތައް ބާވަތެއްގެ ކެއުން މިގޮތަށް ލިބެން ހުރެއެވެ.

މީގެ ތެރެއިން ނޫޑްލްސް އަކީ ގިނަ ބައެއްގެ ފޭވަރިޓް ކެއުމެކެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފަސޭހައިން ތައްޔާރުކުރެވޭ މި ކެއުމަކީ ގޭގައި ވިޔަސް އަދި ބޭރުގައި ވިޔަސް ބަނޑުހައިހޫނުކަމުގެ ވޭން ފަސޭހަކަމާ އެކު ފިލުވާދޭ އެއްޗެކެވެ.

އެކަމަކު މި ނޫޑްލްސް ތައްޔާރުކުރުމުގެ މަރުހަލާގެ މައުލޫމާތު އެނގިއްޖެ ނަމަ ކިހިނެއް ހެއްޔެވެ؟

އެގޮތުން މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ނޫޑްލްސް (ގްރްބް) ހެދުމުގެ މުޅި މަރުހަލާ އެވެ. މި ވީޑިއޯއިން ފެނިގެން ދަނީ ޓީޝާޓާއި ކުރު ސޯޓެއް ލައިގެން ތިބޭ ބަޔަކު ކްރޫޑް ނޫޑްލްސް އުފައްދާ ޔުނިޓެއްގެ ތެރޭގައި މަސައްކަތް ކުރަމުންދާ ތަނެވެ. އަދި ބޭނުންކުރާ މެޝިންތަކަކީ ވެސް ހަގީގަތުގައި އަސަރުގަދަ މެޝިންތަކެއް ނޫން ކަމަށް ފެންނައިރު، ފެންނަ ފެނުމަށް އެއީ ވަރަށް އާދައިގެ މެޝިންތަކެއްކަން އެނގެއެވެ. އަދި މިފަދަ ތަކެތި ތައްޔާރު ކުރުމަށް ބޭނުން ކުރަން ޖެހޭ ތަނުގައި ހުންނަން ޖެހޭ ސާފްތާހިރު ކަމެއް އެތަނުގެ ތެރެއިން ފެނިގެން ނުދާއިރު، މަސައްކަތްތެރިން ތިބީ އަންގި، މާސްކް އަދި ތޮފި އަޅައިގެން ނޫނެވެ.

އަދި ޕްލާސްޓިކް ކޮތަޅެއްގައި އެ މީހުން ތައްޔާރު ކުރި އެއްޗެހި ޕެކްކުރުމުގެ ކުރިން އެންމެ ފަހު ޕްރޮޑަކްޓް ކަހަލަ ކުދިކޮށް ކޮށާފައި ހުރި ފުށް އެއްޗެއްގެ ބަހައްޓާފައި ހުންނަ މަންޒަރުވެސް ފެނިގެން ދެއެވެ. އަދި ބިންމަތީގައި އެ އެއްޗެހި ބަހައްޓާއިރު، ކޮތަޅަށް އަޅަނީ އޭގެ ފަހުންނެވެ.