ޖަނަވާރުންގެ ކިބައިގައި ޝައުގުވެރި އެތައް ކަމެއް ހުރެއެވެ. އެޖަނަވާރުންވެސް އިންސާނުން ގޮތަށް އާ ކަންތައްތަކެއް ހޯދުމުގެ ޝައުގުވެރިކަން ހުންނަކަން ފާހަގަވެއެވެ. މިއީވެސް އެފަދަ ޖަނަވާރެކެވެ. ވައިރަލް ވެގެން މި އުޅެނީ ވަރަށް ސްމާޓް މަކުނުތަކެއްގެ ވީޑިއޯއެކެވެ. އެ މަކުނުތައް ތިބީ ފޯނާ ކުޅޭށެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ އެއް ވީޑިއޯއިން ފެންނަނީ މަކުނުތަކެއް ފޯނު ބޭނުންކުރާ މަންޒަރެވެ.

ވާސިމް ޚާން ނަމަކަށް ކިޔާ މީހަކު ޓްވިޓާގައި ހިއްސާކޮށްފައިވާ މި ވީޑިއޯގެ ކެޕްޝަނުގައި ލިޔެފައި ވަނީ މިއީ އަޖައިބުކުރުވަނިވި ވީޑިއޯއެއް ކަމަށެވެ.

އެ ވީޑިއޯއިން ފެންނަނީ މީހަކު އަތުން ފޯނު ހިފަހައްޓައިގެން މަކުނުތަކާއި ދިމާލަށް ފޯނު ދިއްކޮށްގެން ހުންނަ ތަނެވެ. އެގޮތުން އެ މަކުނުތައް އެ ފޯނުގެ ޑިސްޕްލޭ ޕެނަލްއަށް ބަލަހައްޓައިގެން، ހިނގަމުންދާ ކަންކަމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ތަން ފެނިގެން ދެއެވެ.

އަދި އެ މަކުނުތައް ކޮންމެވެސް ވަރަކަށް ފޯނާއި ކުޅުމުގެ މަސައްކަތުގައިވެސް އުޅޭ ތަން އެ ވީޑިއޯއިން ފެނިގެން ދެއެވެ.

ޖަނަވާރުންގެ ސިކުނޑީގައިވެސް ބާރުވެރިކަން ވަރަށް ބޮޑަށް ހުންނަ ކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. އަދި އެޖަނަވާރުންވެސް ގުދުރަތީ ކަންކަމަށް ކޮންމެހެން ނުފެތޭ އާ ކަންކަން ދަސްކުރުމުގެ ގާބިލުކަން ލިބިގެންވާކަން ހާއްސަޮށް މި ވީޑިއޯއިންވެސް އެނގެއެވެ.

ކިޔުންތެރިންގެ ހިޔާލު