މީސްމީޑިއާ ބޭނުން ކުރާ ފަރާތްތަކަށް ކޮންމެ ދުވަހަކު ގޮތަކަށް އެކި ކަހަލަ ޗެލެންޖުތައް މީހުން ޖައްސައެވެ. އެގޮތުން މިފަހަރު މީސްމީޑިއާ މަންސާއެއްގައި މީހަކު ޗެލެންޖު ކޮށްފައިވަނީ 10 ސިކުންތު ތެރޭގައި އޭނާ ހިއްސާކޮށްފައިވާ ފޮޓޯއިން ބުޅަލެއް ހޯދުމަށެވެ.

އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ ހާޝް ގޮއެންކާގެ ޓުވިޓާ އެކައުންޓުގައި ހިއްސާކުރި އެ ޗެލެންޖުގައި އޭނާ ބުނެފައިވަނީ 10 ސިކުންތު ތެރޭގައި އެފޮޓޯއިން ބުޅަލެއް ހޯދާ މީހާއަކީ ވަރަށް ކުޅަދާނަ މީހެއް ކަމަށް ބުނެފައެވެ.

ހާޝް ހިއްސާކޮށްފައިވާ އެ ފޮޓޯއިން ފެނިގެން ދަނީ ގިނަ އަދަދެއްގެ ގެތައް ކައިރި ކައިރީގައި ހުންނަ މަންޒަރެވެ. ކުދިކުދި ގެތައް އެފޮޓޯއިން ފެންނައިރު، ފޮޓޯގެ ވަކި ހިސާބެއްގައި ބުޅަލެއް ވެސް ވަނީ ކުރަހާފައެވެ. މިފޮޓޯއިން ބުޅާ ހޯދުމަށް އުނދަގޫވާ އެއް ސަބަބަކީ ފޮޓޯ ހުރި ގޮތުންނެވެ.

މިފޮޓޯގެ އިތުރުން ވެސް ހާޝް ވަނީ މީގެ ކުރިން މިފަދަ ޗެލެންޖުތައް އޭނާއަށް ފޮލޯ ކުރަމުން އަންނަ ފަރާތްތަކަށް ދީފައެވެ.

ހާޝްގެ މި ޓުވިޓޫ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އެގޮތުން 4،200 އަށްވުރެ ގިނަ މީހުން ޓުވިޓަށް ލައިކް ދީފައިވާއިރު، 270 މީހަކު ވަނީ އެޓުވިޓު ރީޓުވިޓު ކޮށްފައެވެ.

ޓުވިޓާއި ގުޅިގެން ރިޕޯޓްތަކުން ބުނީ، ހާޝް ދީފައިވާ ވަގުތުކޮޅުގެ ތެރޭގައި ބައެއް ފަރާތްތަކަށް ފޮޓޯއިން ބުޅާ ފެނިފައިވާ ކަމަށާއި ނަމަވެސް އަނެއްބައި ފަރާތްތަކަށް ފޮޓޯއިން ބުޅަލެއް ހޯދުމަށް 10 ސިކުންތައް ވުރެ ގިނަ ވަގުތު ހޭދަވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އާނާ

    ފޮޓޯގެ ކަނާތްފަރާތުމަތީކަނުގައި އޭނީ ބުޅާ

  2. މަބުނީ

    ކަނާތް ފަރާތުގެ މަތީ ކަނުގަ އޭނީ ބުޅާ

  3. ހޭޓް

    އާދަމް ނަވާޒް މެން ގެއާ ޖެހިގެން އޭނީ ބުޅާ

    7
    1
  4. ނަޖްވާ

    ކަނާތްފަރާތުގެ ކަން ކައިރީގައި އޭނދީ ބުޅާ ލޯ ދިއްކޮށްގެން ބަލަހައްޓައިގެން!

  5. ލޯބިވާ ވަތަން.

    ކަނާތްފާތުން މަތީ ކަނުގަ ބުޅާ އިނީ 4 މިނިޓުން މިހޯދީ

  6. ނަޖްވާ

    އޭނދީ ކަނާތްފަރާތުގެ ކަނުގެ ބޯ ދިއްކޮށްގެން!

  7. ނަސީރު

    10 ސިކުންތު ކީއްކުރަން 5 ސިކުންތުންވެސް ބު ޅާ ހޯދޭނެ، ކަނާތްފަރާތު މަތީކަނުގައި