މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ރާހުލް އާއި ބޮލީވުޑުގެ ތަރި، ސުނިލް ޝެޓީގެ އަންހެން ދަރިފުޅު، އާތިޔާ ޝެޓީ ކައިވެނި ކޮށްފިއެވެ.

އެ ދެ ތަރިން ކައިވެނި ކޮށްފައި ވަނީ އިއްޔެ ހަވީރު 4:00 ޖެހިއިރުގައި ސުނިލް ޝެޓީގެ ކަންޑާލާ ބަގޮލޯގައެވެ.

އިންޑިއާގެ ނޫސްތަކުގައ ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މީހުން ކައިވެނި ކުރިއިރުގައި އެތަނުގައި ތިބީ 100 މީހުންނެވެ. އެއީ އާއިލާގެ މެމްބަރުންނާއި ގާތް ރަހުމަތްތެރިން އެކަނި އެވެ.

ކައިވެނި ކުރިއިރު، އާތިޔާ ހުރީ މަޑު ފިޔާތޮށި ކުލައެއްގެ ހެދުމެއް ލައިގެނެވެ. އަދި ރާހުލް ހުރީ ހުދު ކުލައި ކުރުތާއެއް ލައިގެނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ދެ މީހުން ވެސް ތިބީ ވަރަށް ރީތި ކޮށެވެ.

ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކައިވެންޏައް ފަހުގައި ބޮލީވުޑް އަދި ކްރިކެޓްގެ ގިނަ ތަރިންތަކެއް ހިމެނޭހެން މުމްބައީގައި ބޮޑު ޕާޓީއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާހުލް އާއި އާތިޔާއަށް ކައިވެނީގެ މުބާރަކުބާދީ ގިނަ ތަރިންތަކެއް ދަނީ ކިޔަމުން ނެވެ. އެގޮތުން އަނުޝްކާ ޝަރްމާ އާލިއާ ބަޓް އަނަންޔާ ޕާންޓޭ ފަދަ ތަރިން ވަނީ އިންސްޓަގްރާމްގައި މުބާރަކުބާދީ ކިޔާފަ އެވެ.

ކައިވެންޏަށް ފަހު އާތިޔާ އާއި ރާހުލް ދިރިއުޅުން ބަދަލުކުރާނީ މުމްބާއީގެ ޕްލަސް ޕާލީގައި ހުންނަ ސަންދު ޕެލަސް ނަމަކަށް ކިޔާ އިމާރާތަކަށެވެ.

މި ދެ ފަންނާނުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ތިން އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާއިރު، އެ ދެމީހުންގެ ގުޅުން ރަސްމީކޮށް ހާމަކުރީ އަހަން ޝެޓީގެ ފުރަތަމަ ފިލްމު "ތާޑާޕް" ޕްރިމިއަރ ކުރި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު